ކުއްލި ހާލަތުގައި ރަށްރަށަށް އެހީވާ ހިސާބަށް މޫސުން ގޯހެއް ނޫން: ޑިޒާސްޓާ

ބޯކޮށް ވާރޭވެހި ރަށްރަށަށް އުދަ އަރާ ގެއްލުންތަކެއް ލިބެމުންދިޔަނަމަވެސް ކުއްލި ހާލަތުގައި ރަށްތަކަށް އެހީވާ ހިސާބަށް ކަންކަން އަދި ނުދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނެފިއެވެ.
ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު ވިދާޅުވީ، ބޯކޮށް ވާރޭވެހި ރަށްރަށަށް އުދަ އަރަމުންދިޔަ ނަމަވެސް ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ ހިސާބަށް ދިޔަކަމަށް ބަލަނީ، ރައްޔިތުންނަށް ގެއްލުންވާ ހިސާބުން ކަމަށެވެ.
އަހްމަދު ވިދާޅުވީ ރަށްރަށުން އެސެންޓަރަށް މިހާތަނަށް ރިޕޯޓްކޮށްފައިވަނީ ހަމައެކަނި ވާރޭ ވެހުމުގެ ސަބަބުން ރަށްރަށުގައި ފެންބޮޑުވުމުގެ ހާދިސާތަކާ އުދައެރުމުގެ ހާދިސާތައް ދިމާވުމުން ކަމަށެވެ.
އެހެންކަމުން މިއަދާ ހަމަޔަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އަދި އެއްވެސް ރަށަކަށް އެހީއެއް ވެދީފައި ނުވާނެ ކަމަށާ، އެހެންނަމަވެސް މިހާތަނަށް ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކަށް ލިބުނު ގެއްލުމުގެ ތަފްސީލްތައް އެ ސެންޓަރަށް ފޯރުކޮށްދިނުމަށް އަންގާފައިވާނެކަމަށް އަޙްމަދު ވިދާޅުވިއެވެ.
އަދި އެ މައުލޫމާތުތައް އެ ސެންޓަރަށް ލިބޭތާ 2 ދުވަސް ތެރޭގައި ބަދަލު ދޭންޖެހޭނަމަ ސަރުކާރުން ބަދަލުދޭނެކަމަށް އަޙްމަދު މުހައްމަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުއްލި ހާލަތެއްގައި ދިމާވާ ކަމަކަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު ތައްޔާރަށް އޮތް ކަމުގަވިޔަސް ބައެއް ގޮންޖެހުންތައް އެސެންޓަރަށް ދިމާވެފައިވާ ކަމަށެވެ.
"އެމާޖެންސީ ހާލަތައް އަންނަ ކަމަށް ބަލާނީ، މީހުންނަށް ނޫޅެވޭ ވަރަށް ގެދޮރަށް ފެންވަނީމަ، ވާރޭ ވެހެމުންދާއިރު ކިތަންމެ ވަރަކަށް ފެން ހިއްކިޔަސް އަސަރެއް ނުކުރާނެ، މި ޚިދުމަތްވެސް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށެއް ނުދެވޭ ބަޖެޓުގެ ތާށިކަން އުޅޭތީ" އަހްމަދު މުހައްމަދު ވިދާޅުވިއެވެ.
މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި، ޑިޒާސްޓަރ މެނޭޖްމެންޓުން ދަނީ، ފެންބޮޑުވެފައިވާ ރަށްތަކަށް ސިފައިން ފޮނުވައިގެން ފެން ހިއްކުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ނިމިގެންދިޔަ އަހަރު ފަހުކޮޅު ލިބުނު ވަރުގެ ގެއްލުމެއް ލިބިދާނެކަމަށް ބަލާ ތައްޔާރުވުމުގެ ގޮތުން މިއަދު ރައީސް ޑރ. މުހައްމަދު ވަހީދު ވަނީ ކަމާބެހޭ ފަރާތްތަކާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
މިހާރު ކުރަމުން މިދާ ވިއްސާރައިގައި 9 ރަށަކަށް އެކިވަރުގެ ގެއްލުން ލިބިގެން ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ރިޕޯޓުކޮށްފައިވާ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ. އަދި ބައެއް އަތޮޅުތަކުން ވަނީ ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތަކާއި ކުރިމަތިވެފަވާތީ، ކާޑުގެ ބާވަތްތަކަށް ޖެހިދާނެކަން ސެންޓަރަށް އަންގާފައެވެ.
ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނީ ރަށްރަށަށް ކާޑުގެ ބާވަތްތައް ލިބުން ދަތިވެދާނެ ކަމަށް ބަލައި އެސްޓީއޯއާއި ގުޅިގެން އެމައްސަލަ ހައްލުކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ