އުތީމުގައި ހިނގި މަރުގެ ހާދިސާ: އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް ބުނެ ރަށުގެ ބަޔަކު ކައުންސިލަރަށް ހަމަލާދީފި

އުތީމަށް އަރަން ކަނޑިންމަ މައްޗަށް ފުންމާލި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވައި ފެނުމުން އެކަމުގައި ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ލިބިފައި ނުވާ ކަމަށް ބުނެ އުތީމު ކައުންސިލަރަށް އެ ރަށު ބަޔަކު މިއަދު ހަމަލާދީފި އެވެ.ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ އެފަދަ ކަމެއް އުތީމުގައި ހިނގައިގެން އުޅޭ ކަމަށާއި އެކަން މިހާރު ބަލަމުން ގެންދާ ކަމަށެވެ.އުތީމު ކައުންސިލަރު އަހުމަދު ރިޝްވާން މިއަދު ވިދާޅުވީ އެ ހާދިސާއާ ބެހޭ ގޮތުން އެއް ވެސް މައުލޫމާތެއް އެއްވެސް މިޑިޔާއަކަށް ދޭން ބޭނުން ނުވާ ކަމަށެވެ.  ނަމަވެސް އުތީމު އޮފީހުން ވާހަކަ ދެއްކި މީހަކު ބުނީ ނުރުހުން ފާޅުކޮށް 40 އަށް ވުރެ  ގިނަ މީހުން ކައުންސިލަރު ރަށުން ބޭލުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ.އުތީމު ކައުންސިލަރަކީ ހއ. ދިއްދޫ ބޭފުޅެކެވެ. ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނީ ކައުންސިލަރު ރިޝްވާން ރޭ ހުންނެވީ ދިއްދޫގައި ކަމަށާއި އުތީމު ކަނޑިންމަ އަށް ފުންމާލި، އުތީމް ޑިމްލައިޓް ދާއޫދު މުހަންމަދުގެ މަރުގެ ހާދިސާއާ ގުޅިގެން އުތީމަށް ވަޑައިގަތީ މިއަދު ކަމަށެވެ."ރިޝްވާން ވަޑައިގަތުމުން އެކަމުގައި ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ލިފައެއް ނުވެއޭ ބުނެ ބަޔަކު މީހުން ހިތްހަމަނުޖެހިގެން ރިޝްވާނާ ދިމާއަށް ދިޔައީ ކަމަށް ވަނީ. އޭގެތެރެއިން ކޮންމެވެސް މީހަކު ރިޝްވާން ގައިގައި ޖެހި ކަމަށްވޭ، އެއީ ޖެހުނު މައްސަލައަކީ،" އޭނާ ބުންޏެވެ.އުތީމުގައި ރިޝްވާނަށް ހަމަލާ ދިން ކަމުގެ މައުލޫމާތު ލިބިގެން ދިއްދޫ ބަޔަކު މިއަދު ވަނީ ރިޝްވާން ދިފާއުކޮށްގެން ދިއްދުއަށް ގެނައުމަށް ދޯންޏެއްގައި މިއަދު އުތީމަށް ގޮސްފަ އެވެ. އެކަމުގައި އިސްކޮށް އުޅޭ ފަރާތަކަށް ގުޅުމުން ބުނީ ރިޝްވާން ގެންދިއުމަކީ ސިޔާސީ ގޮތުން ހަމަޖެހޭ ކަމަކަށް ނުވާތީ އެ ހިޔާލު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.އުތީމުގައި ކަނޑިންމަތެރޭގައި ދާއޫދު މުހައްމަދު މަރުވެފައި އޮއްވާ ފެނުނީ ހއ. ދޮނަކުޅި ރިސޯޓުން ހަނިމާދު އަށް ދަތުރު ކުރި ލޯންޗުގައި، ރޭ އުތީމަށް ގޮސް ކަނޑިންމަ މައްޗަށް ފުންމާލި ފަހުން މިއަދު ހެނދުނު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ