އަބުދުﷲ ގާޒީ މައްސަލާގައި އެޗްއާރސީއެމުން ނަގާފައިވާ ތަހުގީގު ބަޔާންތައް ޕީޖީއަށް ފޮނުވައިފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ހިންގި ތަހުގީގާ ގުޅިގެން އެކޮމިޝަނުން ހޯދާފައިވާ ހެކިތަކާއި ތަހުގީގު ބަޔާންތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާއި ގުޅިގެން އެޗްއާރސިއެމުން ނަގާފައިވާ ތަހުގީގު ބަޔާންތަކައި ބައެއް ތަކެތި މިމަހުގެ ހަވަނަ ދުވަހު ޕީޖީ އޮފީހަސް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެމައްސަލަ ޕީޖީން މިހާރު ދިރާސާ ކުރަމުންދާ ކަމަށާއި، މައްސަލައާއި މެދު ގޮތެއް ނިންމުމުގައި އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެމައުލޫމާތުތައް ވެސް ހޯދާނެ ކަމަށެވެ.
އަބުދުﷲ ގާޒީ މައްސަލާގައި ފުލުހުން ކޮށްފައިވާ ތަހުގީގާ ގުޅިގެން ވެސް ބައެއް މައުލޫމާތުތައް ހޯދުމަށް ޕީޖީންވަނީ ފުލުހުންނަށް އަންގާފައެވެ. މިމައްސަލައާއި ގުޅިގެން ފުލުހުން ކުރި ތަހުގީގުގައި އެދިފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކޮށް ދިނުމަށެވެ.
މިދެމައްސަލައާއި މެދު ވެސް ޕީޖީން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ