ހުކުރު ދުވަހަށްފަހު މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ- މެޓް އޮފީސް

ހުކުރު ދުވަހަށްފަހު މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭކަމަށް ޤައުމީ މޫސުމާއި ބެހެ އިދާރާ މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުގެ އޮފިޝަލަކު މިއަދު ވިދާޅުވީ، މިއަދާއި މާދަމާ މޫސުން ގޯސްވެ ގުގުރުމާއިއެކު ވިއްސާރަ ކުރިއަސް ހުކުރު ދުވަހަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ނަމަވެސް ދެކުނުގެ ރަށްތަކަށް ވިއްސާރައިގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރުވެސް ވައިޓް އެލާރޓް ވަނީ ނެރެފައެވެ. އަދި މީގެ އިތުރުން މިއަދު ހެނދުނު ރާއްޖޭގެ ބައެއް ހިސާބުތަކަށް މެޓް އޮފީހުންވަނީ ޔެލޯ އެލާރޓްވެސް ނެރެފައެވެ.
މީގެ އިތުރުން މެޓް އޮފީހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ބޮޑު ހިސާބަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ރާއްޖޭގެ ކަނޑުތަށްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ