ރައްޔިތުން ނިކުމެ ޔާމީންގެ މުދާ ނަގާދުވަސް އަންނާނެ: އަމީން

ރައްޔިތުން ނިކުމެ ރައީސް ޔާމީންގެ މުދާ ނަގާދުވަސް އަންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވިއިރު ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓްއާރސްގެ އެކައުންޓްތަކާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ޝިޕިންގެ އެކައުންޓުތައް ފްރީޒް ވަނީ ފްރީޒްކޮށްފައެވެ.
މީގެ ތިން ދުވަސްކުރިން ޔޮޓް ޓްއާސްގެ އެކައުންޓްތައް ފްރީޒްކޮށްފައިވާއިރު، މިއަދުވަނީ ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައެވެ. އަދި ދައުލަތަށް 18 މިލިން ރުފިޔާ ދެއްކުމަށް ވިލާއަށްވަނީ އަންގާފައެވެ.
އަމީން މިރޭ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ބަޑިދައްކައިގެން ބޭއިންސާފުން މީހުންގެ މުދާ ފޭރި އެކައުންޓްތައް ފްރީޒްކޮށްގެން މޮޅެއް ނުވެވޭނެ ކަމުގައެވެ.Badidhakkaigen beyinsaafun meehunge mudhaa feyri accountthah freezkoggen molheh nuveveyne. Rayyithun nukume YAG mudhaa nagaa dhuvas annaane.— Ameen Ibrahim (@ameenmaldives) March 22, 2017އަދި ރައްޔިތުން ނިކުމެ ޔާމީން އަބްދުލްޤައްޔޫމްގެ މުދާ ނަގާ ދުވަސް އަންނާނެކަމަށް އަމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ