މޫސުން ގޯސްވެ، ބާރު ގުގުރި އާއި ވިދުން

ރާއްޖެއަށް މުސުން ގޯސްވެ، ބާރަށް ގުގުރުމާއެކު ވިދަން ފަށައިފި އެވެ. މިއަދު މާލޭގެ ބައެއް ސަރަހައްދުތަކަށްވެސް ވިދަމުން ގެންދިޔަ ފޮޓޯ އާއި ވީޑިއޯ ޝޯޝަލް މީޑީއާގައި ވަނީ ދައުރުވެފަ އެވެ. މުސޫމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ މިއަދު ހަވީރު 5:00 އިން ފެށިގެން މިރޭ 9:00 އަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރަފައެވެ. މެޓް އޮފީހުގެ އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ، ބާރަށް ގުގުރުމާ އެކު ވިދުން މިދުވަސްވަރު ފެނުމަކީ އާދަޔާ ހިލާފު ކަމެއް ނޫން ކަމަށާއި، މިއީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ނިމޭ ދުވަސްކޮޅު މޫސުމަށް އަންނަ ބަދަލުތަކާ އެކު އާންމު ކަމެއް ކަމަށެވެ. "އެބްނޯމަލް ކަމެއް ނޫން. އިރުވައި ނިމި ހުޅަނގު މޫސުން ފެށެން އުޅޭ ދުވަސްކޮޅު މިއީ. ދެ މޫސުމުގެ ދޭތެރެ. މި ދުވަސްވަވަރު ބޯކޮށް ވާރޭވެހި ގުގުރުމައެކު ވިދާނެ،" އޮފިޝަލް ވިދާޅުވި އެވެ. ހުޅަނގު މޫސުން ފެށޭނެ ކަމަށް ލަފާ ކުރެވެނީ، އަންނަ މަހު ދެވަނަ ދުވަހު ހިސާބުގަ އެވެ. ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާ ކުރެވޭ ގޮތް: ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ. ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ. މިދުވަސްވަރަކީ، ބޭރަށް ނުކުމެ އުޅުން މަދު އަދި ދަތުރުފަތުރު ކުރުން މަދު ދުވަސްކޮޅެއް ނަަވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ