މާލޭގައި ސައިކަލަކާއި ކާރެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި ޑްރައިވަރު ފިލި މައްސަލާގައި އެޑްރައިވަރު ހޯދައި އޭނާގެ ލައިސަންސް ހިފަހައްްޓައިފި އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 8:30 ހާއިރު ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ސައިކަލަކާއި ޓެކްސީއެއް ޖެހިގެން ކަމަށެވެ. އެކްސިޑެންޓު ވުމުން ޓެކްސީ ދުއްވަން އިން ޑްރައިވަރު މަޑުނުކޮށް ފިލައިގެން ދިޔައީ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ ޓެކްސީ ދުއްވަން އިން ޑްރައިވަރު ހޯދައި އޭނާގެ ލައިސަންސް ހިފެހެއްޓުމަށްފަހު މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
ޓެކްސީ ދުއްވަން އިނީ އުމުރުން 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނީ ޓެކްސީން ޖެހުމުގެ ސަބަބުން ސައިކަލު ދުއްވަން އިން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށާ އެމީހާ އޭޑީކޭއަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ބާރަށް ވެހިކަލް ދުއްވުމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
އެކްސިޑެންޓުވުމުން ފިލައިގެން ދިޔަ ޓެކްސީ ޑްރައިވަރު ހޯދާ ފިޔަވަޅު އަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ