ރާއްޖެ އަށް މީހުންގެ ޝައުގުވެރިކަން އިތުރުވާނީ ސާފުތަނެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ "ސާފުރާއްޖެ، އަހަރެންގެވެސް ޒިއްމާ" މިސިއާރުގެ ދަށުން މިއަދު މުޅި ރާއްޖެ ސާފުކުރުމުގެ ޕޮރޮގްރާމް އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ބައިވެރިވެ ވަޑައިގެންނެވުމަށްފަހު، ވީނިއުސް އަށް ދެއްވި ބަސްދީގަތުމުގައެވެ.
"ރާއްޖެ އަކީ ރީތިތަނެއްގެ ގޮތުގައި، މީހުން ޝައުގުވެރިވާތަނެއްގެ ގޮތުގައި އޮންނާނީ ކޮންމެ މީހަކުވެސް ފަރުދީ ޒިންމާ އަދާކޮށްގެން." ރައީސް މައުމޫން ވިދާޅުވިއެވެ. މައުމޫން އިތުރަށްވިދާޅުވީ ސާފުތާހިރުކަމަކީ އިސްލާމްދީން ގައި ވަރަށް ބާރު އަޅާކަމެއްކަމަށެވެ.
ސާފުކުރުމުގެ ޕޮރޮގްރާމްތަށް ހިންގުމަކީ ވަރަށް އުފާކުރައްވާ ކަމެއްކަމަށާއި، އެހެން ކަމުން އަދުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވަނީ މިއަދު ފެށި "ސާފުރާއްޖެ އަހަރެންވެސް ޒިންމާ" ކެންޕޭން ގެދަށުން މާލެ ތެރެ ސާފު ކުރުމްގެ ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފަ އެވެ.
ކުރީގެ ރައީސް މައުމޫން ގެ ވެރިކަމުގައި ވެސް ވަނީ ރާއްޖެ ސާފުކުރުމުގެ ޕޮރޮގްރާމެއް "މިނިވަން ދިވެހި ރާއްޖެ ، ސާފުދިވެހި ރާއްޖެ" މި ސިއާރުގެ ދަށުން 25 އޯގަސްޓް 1996 ގައި ފައްޓަވައި މުޅި ރާއްޖޭގައި ކުރިޔަށް ގެންދަވާފައެވެ.
ރާއްޖެއަށް މީހުންގެ ޝައުގުވެރިކަން އިތުރު ކުރެވޭނީ ސާފުތަނެއްގެ ގޮތުގައި އޮތުމުން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ