މޫސުން ގޯސްވެ، ޅ. ން އައްޑު އަށް ޔެލޯ އެލާޓް ނެރެފި

މޫސުން އިތުރަށް ގޯސްވެ، ޅ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް މޫސުމާ ބެހޭ އިދާރާ އިން މިރޭ ޔެލޯ އެލާޓް ނެރެފި އެވެ.
މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވިސް (މެޓް) ން ބުނީ މިރޭ ދަންވަރު 2:00 ން ހެނދުނު 6:00 ޔެލޯ އެލާޓް ނެރުނީ، ޅ. އަތޮޅުން އައްޑުއާ ހަމައަށް ބޯކޮށް ވާރޭ ވެހި، ވައިގަދަވާނެތީ ކަމަަށެވެ. މޫސުމާ ބެހޭ އިދާރާ އިން ބުނީ، އާންމުކޮށް 25 މޭލާއި 30 ދެމެދުގެ ބާރުމިނެއްގައި އެ ސަރަހައްދަށް ވައިޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަަދަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ