ރައީސް މައުމޫން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާ ބައްދަލުކުރެއްވުމަށް އޭނާގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު މާފުށި ޖަލަށް ވަޑައިގެންފި އެވެ.
ފާރިސް މައުމޫން މިދިޔަ ޖުލައި މަހުގެ 18 ވަަނަ ދުވަހު ޖަލުގައި ބަންދުކުރި ފަހުން ރައީސް މައުމޫން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރެއްވި މިއީ ތިން ވަނަ ފަހަރެވެ.
ފާރިސްއާ ބައްދަލުކުރެއްވުމަށްފަހު މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި އޭނާ ހުރީ ވަރަށް ހިތްވަރާއެކު ކަމަށެވެ. އަދި އޭނަގެ ސަޕޯޓަރުންނަށް ހެޔޮދުވާ ފޮނުއްވެވި ކަަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ