އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި އުމަރު ހަމަކޮށްފި

މިނިވަން ކެންޑިޑޭޓެއްގެ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ސޮއި އިންތިހާބުގައި ވާދަކުރާނެ ކަމަށް އިއުލާނުކުރައްވާފައިވާ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހޯއްދަވައިފި އެވެ. އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ 1500 މީހުންގެ ސޮއި ބޭނުންވާނެ އެވެ. މިއަދު އުމަރުގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެގައި ވަނީ އިންތިހާބުގައި ވާދަކުރަން 2200 އަށް ވުރެ ގިނަ ބޭފުޅުން ސޮއި ދެއްވާފައިވާ ކަމަށެވެ. "މިހަފުތާގައި އަޅުގަޑަނޑު ގޮތެއް ނިންމާނަން." އުމަރު ވިދާޅުވި އެވެ. މިހާތަނަށް އިންތިހާބުގައި ވާދަކުރަން މިހާތަނަށް ފޯމު ހުށަހެޅުއްވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެކަންޏެވެ. ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މުއްދަތު ހަމަވުމުގެ ކުރިން ފޯމު ހުށަހަޅުއްވާނެ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ބަންދުވާނީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ