ވެލިދޫ އިންޖީނުގެ އޮފީސް ފަޅާލައި ތިޖޫރިއެއް ވަގަށް ނަގައިފި

ނ. ވެލިދޫ އިންޖީނުގެ އޮފީސް ފަޅާލައި އެ އޮފީހުގައި ބަހައްޓާފައި ހުރި ތިޖޫރީއެއް ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ އޮގަސްޓް 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި މިހާދިސާގެ ރިޕޯރޓް ފުލުހުންނަށް ލިބިފައިވަނީ އެދުވަހު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
މިހާތަނަށް ބެލިބެލުމުން މިވައްކަން ކޮށްފައިވަނީ އިންޖީނުގެ އޮފީހުގައި ހަރުކޮށްފައި ހުރި ކުޑަ ދޮރެއް ހަލާކުކޮށްގެން އޮފީސް ތެރެއަށް ވަދެ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން އިތުރަށް ބުނީ އެތިޖޫރީގައި 4000 (ހަތަރު ހާސް ދިވެހި ރުފިޔާ) އަށްވުރެ ގިނަ ފައިސާ ހުރި ކަމަށެވެ. މި މައްސަލަ އާއި ގުޅިގެން އަދި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެ އެވެ.
މިމައްސަލަ ނ. ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ