ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގިރިފުށީގައި ހައްޔަރުކޮށްގެން ގެންގުޅުނު މައްސަލައިގައި ކުރާ ދައުވާގެ އަޑުއެހުންތައް ޖަސްޓިސް ބިލްޑިން ތިރީ ހޯލްގައި ބާއްވަން ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފި އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދައުލަތުން އުފުލާފައިވާ ފަސް ދައުވާ ވެސް ޖަސްޓިސް ބިލްޑިންގުގެ ތިރީބައިގައި ހުންނަ ބޮޑު ކޯޓު ރޫމުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ އިތުރުން ދައުލަތުން ދައުވާކުރަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ބްރިގޭޑިއާ އިބްރާހިމް މުހައްމަދު ދީދީއާ ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކޮށްފައިވާތީ ދައުލަތުން އުފުލާފައިވާ ދައުވާތައް ކުރިއަށް ގެންދާނެ ތަނެއް ހަމަޖެހުނުހާ އަވަހަކަށް ފަށައިގަންނާނެ ކަމަށް ހުޅުމާލޭ ކޯޓުން މިއަދުވަނީ ބުނެފައެވެ.
ރައީސް ނަޝީދާއި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ދައުވާކުރާ މައްސަލަ ދައުލަތުން އިއްޔެ ވަނީ ހުޅުމާލޭ ކޯޓަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ އެ ކޯޓުން ވަނީ އިއްޔެ ބަލައިގެންފަ އެވެ. އެ މައްސަލަ އަވަސްކޮށްދިނުމަށް އެދި ރައީސް ނަޝީދު އެ ކޯޓަށް ސިޓީއެއް މިއަދު ފޮނުވާފައިވެއެވެ.
އަބުދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތް ޖަސްޓިންގް ބިލްޑިންގްގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ