ނަޝީދަށްވުރެ، ގާސިމް އެތައް ގުނައެއް ގައުމަށް ހެޔޮ ވާނެ - ނިހާން

އިދިކޮޅުން ނެރޭ ކެނޑިޑޭޓަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށްވުރެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެތައް ގުނައެއް ގައުމަށް ހެޔޮ ވާނެ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވެފައި ވަނީ، އިދިކޮޅު ކޯލިޝަންގެ އެއް ކެނޑިޑޭޓެއްގެ ގޮތުގައި ނެރޭނެ ފަރާތެއް ބެލުމަށް ރާއްޖެ ޓީވީން ނެގި ޓްވިޓާ ޕޯލްއެއްގައި ގާސިމަށް އެންމެ މަތިން 43 ޕަސަންޓު ލިބުމާ ގިޅިގެން ނިހާން ކުރެއްވި ޓްއީޓެއްގައެވެ.
މިކަން ހާމަކުރައްވާ ނިހާން ކުރެއްވި ޓްއީޓްގައި ވިދާޅުވީ ރާއްޖެ ޓީވީން ހުޅުވާލި ޕޯލްގައި ކެނޑިޑޭޓެއް ގޮތުގައި ނެރެން އެކަށިގެންވާ އެކަކުވެސް އިދިކޮޅު ކޯލިޝަންގައި ނެތް ކަމުގައެވެ.
އެހެންނަމަވެސް ރައީސް ނަޝީދަށް ވުރެ އެތަށް ގުނައަކުން ގާސިމް ގައުމަށް ހެޔޮ އެދޭނެ ކަމަށް ނިހާން ވިދާޅުވެފައިވެއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ނެރެން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ކޮބައިތޯ ބެލުމަށް ރާއްޖެ ޓީވީއިން ޓްވިޓާގައި ކުރިއަށް ގެންދިޔަ ޕޯލްގެ ނަތީޖާއާ ހަމަޔަށް ދިޔަ އިރު ގާސިމަށް އެންމެ ގިނަ ވޯޓު ލިބިފައިވާ އިރު ދެވަނަ 30 ޕަސަންޓު ވޯޓާއެކު ދެވަނަ އަށް ދިޔައީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށެވެ. އަދި 25 ޕަސަންޓު ވޯޓާއެކު ރައީސް ނަޝީދު ތިން ވަނައަށް ދިޔަ އިރު ރައީސް މައުމޫނަށް ލިބިފައިވަނީ 2 ޕަސެންޓް ވޯޓެވެ.
ރައީސް ނަޝީދުގެ މައްޗަށް ގާސިމް އެހާ ބޮޑު ކުރިއެއް ހޯއްދެވުމުން އެމްޑީޕީގެ އާންމު މެންބަރުން ދަނީ ވޯޓު ގަތުމާއި، އޮޅުވާލައިގެން ވަގުތު ޓްވިޓާ ޔޫސާސް ބޭނުންކޮށްގެން ޕޯލަށް ވޯޓު ދީފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ