ރިޔާސީ އިންތިޚާބު 2018

ކުރިއަށްއޮތް ފަސް އަހަރުގެ ދައުރަށް ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ބޭފުޅަކު އިންތިޚާބު ކުރައްވާ ބާއްވާ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ކުރިއަށް އެބަދައެވެ. މިއަދު ކުރިޔަށް ގެންދާ ރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ޑރ. ޝަހީމް ވޯޓު ލައްވަނީ
މި އިންތިޚާބުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 472 ވޯޓުފޮށި ބަހައްޓައިފައިވެއެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ މީހުންގެ އަދަދަކީ 262،135 މީހުންނެވެ. މިހާތަނަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ ވޯޓު ލައްވައިފައެވެ. އަދި ޕީޕީޕއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނާއި އެމަނިކުފާނުގެ ގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ ވޯޓު ލައްވައިފައެވެ. ރައީސް ޔާމީން ވޯޓު ލެއްވީ ސީއެޗުއެސްއީގައި ހުރި ވޯޓުފޮށްޓަށެވެ. ޑރ. ޝަހީމް ވޯޓުލެއްވީ ޣިޔާސުއްދީންސްލުޚުގައި ބަހައްޓާފައިވާ ފޮށްޓަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ