ހުޅުމާލެ ޕްރީ ސްކޫލް އަނދައި ހުލިވެއްޖެ

ހުޅުމާލެ ޕްރީ ސްކޫލް ބޭނުންނުކުރެވޭވަރަށް އަނދައި ހުޅިވެއްޖެއެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ޕްރީ ސްކޫލުގައި އަލިފާން ރޯވެ އަނދައިފައިވަނީ ރޭ ފަތިހުކަމަށާއި އަލިފާން ނިއްވާލި އިރު މުޅިތަނުގެ 85 އިންސައްތަ އަނދާފައެވެ. އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ފަތިހު ފަހެއް ޖެހި ފަހުން ކަމަށާއި ބެލެވޭގޮތުގައި ފުރަތަމަ އަލިފާން ރޯވެފައިވަނީ ސްކޫލުގައި ކުރިއަށްގެންދާ ފެއާރ އަށް ހަދާފައިވާ ބިރުވެރި ހޮހަޅެއްގައެވެ.
ފެއާރގެ ކަންތައްތަކުގައި އުޅުމަށް ފަހު އެންމެ ފަހުން މީހުން ގެއަށް ދިޔައީ ރޭދަންވަރު 2 ޖެހި ފަހުން ކަމަށާއި އޭރު އެއްވެސް ކަހަލަ ކަމެއް ދިމާވެފައިނުވާކަމަށް ސްކޫުލުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
"އަލިފާންގަނޑު މުޅި އިމަރާތްތެރެއަށް ފެތުރިގެންދިޔައީ އަލިފާން ނިއްވޭނެގޮތެއް ސްކޫލުގައި ނެތިގެން ތިއްބަ. ސިފައިން އަންނަންދެން ޖެހުނީ ތިބެން. ސިފައިން އައިސް އަލިފާން ނިއްވަން ފެށިއިރުވަނީ ފުރަތަމަ އަލިފާން ރޯވި ބަައިގައި ވަރަށް ބޮޑަށް އަލިފާން ހިފާފައި،" މަންޒަރުދުށް މީހަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި އަލިފާންގަނޑު ނިއްވާލެވުނު އިރު ސްކޫލް އޮފީސް އިމާރާތުގައިވެސް ވަނީ އަލިފާން ރޯވެފައެވެ. މީހަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް އިމާރާތް މުޅި ހަލާކުވެގެންދިޔައިރ ޓީޗަރުންނާއި ދަރިވަރިުންގެ ތަކެތި ވަނީ އަނދާފައެވެ. އަދި ކެންޓިނުގައި ހުރި އަލިސްއަލަމާރިވެސް ހަލާކުވި ކަމަށް ވެއެވެ.
ފުލުހުން ބުނީ އަލިފާން ރޯވާން މެދުވެރިވި ސަބަބިު ނޭނގޭކަމަށާއި އެހާދިސާ ތަހުގީގުކުރަމުންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ