ހޮޅިންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށް، މިނިވަންކޮށް ދެއްވި އައްސުލްތާނުލް އާޒީ ހަސަން އިއްޒުއްދީން ނުވަތަ ދޮންބަންޑާރައިން ހަޔާތްޕުޅު ދައްކުވައިދޭ ކުރު ފިލްމު ހެދުމުގެ މުބާރަތަކަށް ހުުވާލައިފި އެވެ.
ތަރިކަ މިނިސްޓްރީން ބުނީ މިއީ އަހަރު ފާހަގަކުރި ހުރަވީ ދުވަހާ ގުޅުވައިގެން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. މުބާރާތަށް ކުރު ފިލްމު ތައްޔާރުކޮށް، ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 28 ގެ ނިޔަލަށެވެ. މުބާރާތް ހުޅުވާލާފައި ވަނީ ދެ ގިންތިއަކަށެވެ. އެއީ 21 އަހަރާއި 21 އަހަރުން ދަށް ގިންތި އާއި 21 އަހަރުން މަތީގެ ގިންތި އެވެ.
މުބާރާތަށް ހުށަހަޅާ ކުރު ފިލްމުތަކުގެ ދިގުމިން ހުންނަން ޖެހެނީ 10-15 މިނިޓާ ދެމެދުގަ އެވެ. އަދި ކޮންމެ މީހަކަށް ވެސް ގިނަވެގެން ފަސް ފިލްމު ހުށަހެޅޭނެ އެވެ.
މިނިސްޓްރީން ބުނީ ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ކުރު ފިލްމުތައް ހަދާ އިރު، އޭގައި މުޅި ހަޔާތްޕުޅު ދައްކުވައި ދޭން ވާނެ ކަމަށާއި އެކަމަކު މޫނު ސިފަކޮށް ކުރިމަތިން ދައްކުވައި ދީފައި ހުރެގެން ނުވާނެ ކަމަށެވެ. އެގޮތަށް ނިންމީ ތާރީހީ އެެއްވެސް އެެއްޗަކުން ދޮންބަންޑާރައިންގެ ސިފަ އެނގެން ނެތުމުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 7699595 އިން ހޯދޭނެ އެވެ. އަދި ފިލްމުތައް ހުށަހަޅާނީ މި މެއިލް [email protected] މެދުވެރިކޮޮށެވެ.
ރާއްޖޭގައި ހުރަވީ ދުވަސް ފާހަގަކުރަމުން އަންނަނީ ދޮންބަންޑާރައިން ހޮޅިންގެ މައްޗަށް ހޯއްދެވި ނަސްރު ފާހަގަ ކުރުމުގެ ގޮތުންނެވެ.
ހޮޅިން ރާއްޖެ އަޅުވެތިކުރީ 1752 ގަ އެވެ. އަދި ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންވީ ޖުމާދިލްއާޚިރު މަހުން 3 ގަ އެވެ. އެހެންވެ ހުރަވީ ދުވަސް ފާހަގަކުރަނި ކޮންމެ އަހަރެއްގެ ޖުމާދިލްއާޚިރު މަހުން 3 ގަ އެވެ.
ދޮންބަންޑާރައިންނާ ގުޅޭ ކުރު ފިލްމު މުބާރާތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ