ރާއްޖެއަށް ދަތުރުކުރުން ފަސޭހަކުރަން މޯލްޑިވިއަންއިން ހާންއެއާއާ އެކު ޕާޓްނަޝިޕެއް

ގައުމީ އެއާލައިން މޯލްޑިވިއަންއިން ޖަރުމަނުގެ އެއާލައިން ހާން އެއާ އެކު ބައިވެރިވެއްޖެއެވެ. މި ޕާޓްނާޝިޕާއެކު ހާން އެއާ ޓެކްނޮލޮޖީސް އެކްސް1 ކޯޑްގެ ދަށުން މޯލްޑިވިއަންގެ ފްލައިޓްތައް މިހާރު، ބޮޑެތި ހުރިހާ ގްލޯބަލް ޑިސްޓްރިބިއުޝަން ސިސްޓަމްސް (ޖީޑީއެސް)ގައި ހިމެނޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ. މިއާއެކު މޯލްޑިވިއަންއަށް ދުނިޔޭގެ 350 އަށް ވުރެ ގިނަ ޕާޓްނާ އެއާލައިންސް ހިމެނޭ ފުޅާ ނެޓްވޯކެއްގައި ބައިވެރިވެވިއްޖެ ކަމަށް އެ އެއާލައިނުން ބުންޏެވެ. އަދި، އިންސޮލްވެންސީ ސޭފް އެޗްއާރު-169 ޓިކެޓުގެ ދަށުން ސްޓޭންޑަޑް ޖީޑީއެސް ޕްރޮސެސް ބޭނުންކޮށްގެން 190 މާކެޓެއްގައި ޓްރެވަލް އޭޖެންޓުންނަށް އެއްވެސް ދަތިކަމެއް ނެތި ޓިކެޓް ބުކްކޮށް ދޫކުރެވޭނެ ގޮތް މަގުފަހިވާނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުންޏެވެ. މި ޕާޓްނަޝިޕްގެ ސަބަބުން މޯލްޑިވިއަންގެ ގްލޯބަލް ޑިސްޓްރިބިއުޝަން ކެޕޭސިޓީ އިތުރުވެ، ދަތުރުކުރާ ފަރާތްތަކަށް އިތުރަށް ފަސޭހަވާނެ ކަމަށް މޯލްޑިވިއަންއިން ބުންޏެވެ. އަދި، ރާއްޖެއަށް ދަތުރުކުރާ ފްލައިޓްތަކާއި ރާއްޖެ ތެރޭގައި ދަތުރުކުރާ ފްލައިޓްތައް ފަސޭހައިން ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އެއާލައިނުން ބުންޏެވެ. މިއާއެކު، ރާއްޖެއަށް ދަތުރުކުރުމުގައި އިތުރު ލުއިފަސޭހައެއް ތައާރަފުކުރެވިއްޖެ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ. ހާން އެއާއަކީ އެހެން އެއާލައިންތަކާއި ޓްރެވަލް އެޖެންސީތަކަށް ޗާޓަރު ފްލައިޓް ޑިސްޓްރިބިއުޝަންގެ ޚިދުމަތާއި ޓިކެޓިން ސޮލިއުޝަންތައް ފޯރުކޮށްދިނުމުގައި ޚާއްސަ އެއާލައިނެކެވެ. މިއީ 350 އަށް ވުރެ ގިނަ ޕާޓްނަރު އެއާލައިންތަކުން 190 މާކެޓެއްގައި 100،000 އަށް ވުރެ ގިނަ ޓްރެވަލް އެޖެންސީތަކުގެ ގްލޯބަލް ނެޓްވޯކަކާ ގުޅުވައިދޭ ކުންފުންޏެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ