ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ ދައުވާތައް ކުރިއަށް ނުގެންދަން ޕީޖީ އޮފީހުން ނިންމައިފިއެވެ.
2015 ވަނަ އަހަރު ހިނގި އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތާ ގުޅުންހުރި މައްސަލާގައި، އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރގެ މަޤާމުގައި ހުންނެވި ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ.
އެއީ، މަނީ ލޯންޑްރިންގއަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.
ޕީޖީ އޮފީހުން ބުނީ، މި ދަޢުވާތައް މުރާޖަޢާކޮށްދިނުމަށް އާޒިމާ ޝަކޫރުގެ ފަރާތުން އެ އޮފީހަށް ހުށަހަޅާފައިވާ ކަންކަމަށާއި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޢަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިންގ ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވާ ކަމަށެވެ.
އެހެންކަމުން، އާޒިމާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މަޞްލަޙަތު އޮތްކަމަށް ނުފެންނާތީ މި ދަޢުވާތައް އިތުރަށް ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އާޒިމާގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ ދަޢުވާތައް ކުރިއަށް ނުގެންދަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ