ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ އެކި މަސައްކަތްތަކުގައި ވަރަށް އިސް ދައުރެއް އަދާކުރަމުންދާ އަލީ ރަމީޒުގެ "މަންފާ" ޖަމިއްޔާ އިން އުފެއްދި ކުޅިވަރު އެކަޑަމީ "މަންފާ އެކަޑަމީ" ގެ ފުރަތަމަ ޕައިލެޓް ޕްރޮޖެކްޓް ތ. ހިރިލަންދޫގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފި އެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ހިރިލަންދޫގައި ވަނީ މަންފާ އެކަޑަމީން ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ. އެގޮތުން ވޮލީގެ ހުނަރުތައް ދަސްކޮށް ދިނުމާއި ފުޓްބޯޅަ އާއި ކަސްރަތާއި ގުޅޭ މުހިންމު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
މަންފާ އެކަޑަމީގެ ފުރަތަމަ ދަތުރު ހިރިލަންދޫގައި ކުރިއަށް ގެންދިއުން --
އަދި އަގީދާ ވޯކްޝޮޕާއި ނަމާދު އަދި ބަންގިއާ ގުޅޭ ޚާއްސަ ސެޝަންތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މީގެ އިތުރުން ނޫސްވެރިކަމާއި ގުޅޭ މަައުލޫމާތު ފޯރުކޮށް ދިނުމާއި އަންހެނުންނަށް ޚާއްސަ ދީނީ ފޯރަމަކާއި ކުޑަކުދީންގެ ޚާއްސަ ހަވީރެއްވެސް ވަނީ ބާއްވާފަ އެވެ.
މަންފާ އެކަޑަމީގެ ފުރަތަމަ ދަތުރު ހިރިލަންދޫގައި ކުރިއަށް ގެންދިއުން --
އާބާދީގައި 1270 މީހުން ދިރިއުޅޭ ހިރިލަންދޫގެ ވަރަށް ގިނަ އަދަދެެއްގެ ކުޑަކުދީންނާއި ދެ ޖިންސުގެ އެކި އުމުރުގެ މީހުން ވަނީ މި ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ.
މަންފާ އެކަޑަމީގެ ފުރަތަމަ ދަތުރު ހިރިލަންދޫގައި ކުރިއަށް ގެންދިއުން --
މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މަންފާގެ ރައީސް އަދި އެކަޑަމީގެ ޗެއާމަން އަލީ ރަމީޒާއި މަޝްހޫރު ވޮލީ ކޯޗް އަދި ކުރީގެ އެއްނަންބަރު ކުޅުންތެރިޔާ، މަންފާ އެކަޑަމީގެ ރައީސް މުހަައްމަދު ސާޖިދު އާއި ކުޅިވަރާއި ކަސްރަތުގައި ވަރަށް ފާހަގަކޮށްލެވޭ އަދި އެކަޑަމީގެ ނާއިބު ރައީސް އިބްރާހިމް ރަމީޒްއާއި މަޝްހޫރު ޤާރީ އަދި މަންފާ އެކަޑަމީގެ ނާއިބު ރައީސް އަލްޤާރީ މުހައްމަދު ތަޢުފީޤް އާއި ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ޒިޔާން ވަނީ ހިރިލަންދޫއަށް ޒިޔާރަތް ކުރައްވާފަ އެވެ.
ކަސްރަތު ސެޝަން އިބޭ ނަންގަވައި ދެއްވަނީ --
މަންފާ އެކަޑަމީގެ ޕައިލެޓް ޕްރޮޖެކްޓާއި ގުޅޭގޮތުން ހިރިލަންދޫ ކައުންސިލުން ބުނީ މިއީ މި ފަހުން އެ ރަށުގައި ބޭއްވުނު އެންމެ ބޮޑު އަދި އެންމެ ކާމިޔާބު ހަރަކާތް ކަމަށެވެ.
މަންފާގެ ރައީސް އަލީ ރަމީޒް އަދި ހިރިލަންދޫ ކައުންސިލްގެ ރައީސް --
މި ހަރަކާތްތަކުގައި ރަށުގެ ހުރިހާ ރައްޔިތުން ކަހަލަ ގޮތަކަށް ބައިވެރިވިކަން ކައުންސިލުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފަ އެވެ. އަދި މަންފާ އެކަޑަމީގެ ޕައިލެޓް ޕްރޮޖެކްޓާއެކު އެ ރަަށަށް އައީ ތިން ދުވަހުގެ އީދެއްގެ ގޮތުގައި ކައުންސިލުން ސިފަކުރި އެވެ.
މަންފާ އެކަޑަމީއާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއް ގާއިމުކުރުން --
އެރަށު ކައުންސިލުން ވަނީ މަންފާ އެކަޑަމީގެ ފުރަތަމަ ދަތުރު ހިރިލަންދޫއަށް ޚާއްސަ ކުރުމުން ޝުކުރު އަދާކޮށްފަ އެވެ. އަދި މަންފާ އެކަޑަމީއާ ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެއް ގާއިމުކުރި އެވެ.
މަންފާ އެކަޑަމީގެ ރައީސް މުހައްމަދު ސާޖިދު ވިދާޅުވީ ހިރިލަންދޫގައި ކުރިއަށް ގެންދިޔަ ހަރަކާތަކީ އެކަޑަމީގެ ވަރަށް ގިނަ ހަަރަކާތްތައް ކުރިއަށް ގެންދެވުނު ޕްރަގްރާމެއް ކަމަށެވެ.
މަންފާ އެކަޑަމީގެ ރައީސް މުހައްމަދު ސާޖިދު --
އަދި ވަރަށް ގިނަ ރަށްރަށުން މިހާރު ވެސް ހުށައެޅުންތައް ލިބެމުންދާ ކަމަަށެވެ. މަންފާއަށް މެއިލް މެދުވެރިކޮށް ހުށައެޅުމުން ކަންކަން އިންތިޒާމުވިހާ އަވަހަކަށް ރަށްރަަށަށް ދަތުރުތައް އިންތިޒާމު ކުރާނެ ކަމަށް ސާޖިދު ވިދާޅުވި އެވެ.
ސާޖިދު ވިދާޅުވި ގޮތުގައި އެ އެކަޑަމީން އެއްވެސް ރަށެއް ބާކީ ނުކުރާނެ އެވެ. އެހީތެރިވެދީ ޕްރަގްރާމްތައް ހިންގައިދޭނެ އެވެ.
އަލީ ރަމީޒު ބަންގި ސެޝަން ނަގައިދެނީ --
އެގޮތުން މަންފާ އެކަޑަމީގެ ހަރަކާތްތައް ބޭއްވުމުގެ ފުރުސަތު ހުރިހާ ރަށަކަށްވެސް އޮންނާނެ ކަމަަށް ވިދާޅުވި އެވެ. އަދި އަތޮޅުތަކަށްވެސް އެ ފުރުސަތު ފަހިކޮށްދޭނެ އެވެ. އަދި ރަށްރަށުން ބޭނުންވާނަމަ ވަކިވަކި ޕްރަގްރާމްތައްވެސް ހިންގައިދޭނެ އެވެ.
ޝެއިހް ޒިޔާން އަޤީދާ ވޯކްޝޮޮޕްގައި ކިޔަވައިދެއްވަނީ --
ޤާރީ ތަޢުފީޤް ތަޖުވީދު ސެޝަން ނަންގަވައިދެެއްވަނީ --
ނޫސްވެރިކަމުގެ ސެޝަންގެ މައުލޫމާތު ހިއްސާކުރުން --
"މިސާލަކަށް ރަށަކުން ބޭނުންވެދާނެ މުޅި ޕްރަގްރާމް އެއްކޮށް ކުރިއަށް ގެންދަން. އެ ފުރުސަތު އޮންނާނެ. އަދި ވަކީން ފުޓްބޯޅަ ނުވަތަ ވޮލީ ނޫނީ ކަސްރަތު ޕްރަގްރާމެއް ކުރިއަށް ގެންދަން ބޭނުންނަމަ އެ ފުރުސަތުވެސް އޮންނާނެ. މިފަދަ ކޮންމެ ޕްރަގްރާމެއްގައި އަޅުގަނޑުމެންގެ ފަރާތުން ހިމަނާނެ އަޤީދާއާ ނަމާދު ވޯކްޝޮޕް," ސާޖިދު ވިދާޅުވި އެވެ.
މަންފާ އެކަޑަމީގެ ހަރަކާތްތައް ނިންމާލުމުގެ ރަސްމިއްޔާތު --
މަންފާ އެކަޑަމީގެ ހަރަކާތްތައް ނިންމާލުމުގެ ރަސްމިއްޔާތު --
މަންފާ އެކަަޑަމީގެ ފުރަތަމަ ދަތުރަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. އެ ހަރަކާތުގެ ހުރިހާ ވީޑިއޯތަކަކަށް އެތައް ހާސް ބަޔަކު ވިއު ކޮށްފައިވެ އެވެ.
މަންފާ އެކަޑަމީގެ ފުރަތަމަ ދަތުރު ހިރިލަންދޫއަށް، ރައްޔިތުންނަށް ބޮޑު އީދެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ