އެތަންސް، ގްރީސް (ނޮވެމްބަރު 9) - ގްރީސްގައި ބޭއްވި ހެލެނިކް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް، ކެރިއަރުގައި ހާސިލްކުރި 101 ވަނަ ތަށްޓާ އެކު، ސާބިއާގެ ލެޖެންޑަރީ ތަރި، ނޮވަކް ޖޮކޮވިޗަށް ކުރިއަށް އޮތް އޭޓީޕީ ފައިނަލްސްގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެކަން އިއުލާނުކޮށްފި އެވެ.
ރޭ ކުޅުނު ހެލެނިކް ޗެމްޕިއަންޝިޕް ފައިނަލުގައި އުމުރުން 38 އަހަރުގެ ޖޮކޮވިޗް ނުކުމެފައިވަނީ، އިޓަލީގެ ލޮރެންޒޯ މުސެޓީއާ ދެކޮޅަށެވެ. އެ މެޗުން ޖޮކޮވިޗް މޮޅުވެފައިވަނީ، 4-6، 6-3 އަދި 7-5 އިންނެވެ. މި ކާމިޔާބީ ހާސިލްކުރެވުނަސް ޖޮކޮވިޗަށް މިއަދު ފަށާ އޭޓީޕީ ފައިނަލްސްގަައި ނުކުޅެވޭނެކަން އޭނާ ވަނީ އިއުލާނުކޮށްފަ އެވެ.
އިޓަލީގެ ޓިއުރިންގައި މިއަދު ފަށާ އޭޓީޕީ ފައިނަލްސްގައި ޖޮކޮވިޗަށް ނުކުޅެވެނީ، ކޮނޑުހުޅަށް ލިބިފައިވާ އަނިޔާގެ މައްސަލަ، ރޭގެ ފައިނަލުގައި އިތުރަށް ގޯސްވެފައިވާތީ އެވެ.
ޖޮކޮވިޗް، ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި، ޓިއުރިންގައި އޮތް އޭޓީޕީ ފައިނަލްސްގައި ކުޅެން އޭނާ އައީ ވަރަށް އުންމީދާ އެކުގަ އެވެ. އެކަމަކު، މި ވަގުތު އެންމެ ރަނގަޅު ގޮތަކީ އަނިޔާއިން އެއްކޮށް ރިކަވާވެގެން ދެން މެޗުތަކަށް ނުކުތުން ކަމަށް މެޑިކަލް ޓީމުން ލަފާ ދިނުމުން، އޭޓީޕީ ފައިނަލްސް ނުކުޅެން ޖޮކޮވިޗް ނިންމީ އެވެ.
"ފައިނަލަށް ފަހު އަހަރެންގެ އަނިޔާގެ ކަންކަން ރަނގަޅަށް ދެނެގަނެ، މި ވަގުތު އެންމެ މުހިންމީ ރިކަވަރީ އަށް ފޯކަސްކުރުން، އަހަރެންގެ ކުޅުން އޭޓީޕީ ފައިނަލްސްގައި ބަލާލަން ބޭނުންވެފައި ތިބި ސަޕޯޓަރުން ކިބައިން މާފަށް އެދެން،" ޖޮކޮވިޗް ބުންޏެވެ.
އޭޓީޕީ ފައިނަލްސް އިން ޖޮކޮވިޗް ވަކިވުމުން އެ ޖާގަ ދީފައިވަނީ، މުސެޓީ އަށެވެ.
ޖޮކޮވިޗަށް 101 ވަނަ ތަށި ލިބުނަސް ކުރިއަށްދިއުމުގައި ހުރަހެއް ޖޮކޮވިޗަށް 101 ވަނަ ތަށި ލިބުނަސް ކުރިއަށްދިއުމުގައި ހުރަހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ