ސްޕޭނާއި ތުރުކީއަށް ހަމަހަމަ ނިމުމެއް
ވޯލްޑްކަޕް ކޮލިފައިންގައި ރޭ ސްޕޭން އާއި ދެކޮޅަށް ތުރުކީ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ކޮލިފައިންގެ ގްރޫޕް އީ ގައި ރޭ ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެެ. މި މެޗާ ކުރިމަތިލިއިރު، ތުރުކީއަށް ވޯލްޑްކަޕްގެ ސީދާ ޖާގައެއް ލިބެން އޮތީ ތަފާތު ބޮޑު ނަތީޖާއަކުން ސްޕޭން ބަލިކޮށްގެންނެވެ. އެއްވަރުވުމާއެކު ގްރޫޕްގައި ކުޅުނު ހަ މެޗުން ސްޕޭނަށް ޖުމްލަ 16 ޕޮއިންޓު ވަނީ ނިމިފައެވެ. ތުރުކީއަށް ދެވަނަ ލިބެނީ 13 ޕޮއިންޓާއެކު އެވެ. އެއާއެކު ދެން ޖެހޭނީ ޕްލޭއޮފް އިތުރު މެޗުތަކެއް ކުޅުމަށެވެ. މެޗުގެ ހަތަރުވަނަ މިނިޓުގައި ސްޕޭންގެ ޑެނީ އޮލްމޯ ވަނީ ސްޕޭނަށް ލީޑު ލިބުނު ލަނޑު ޖަހައިދީފައެވެ. ބައިކޮޅަށް ލަނޑެއް ނުވަދެ ފަސް މެޗު ފުރިހަމަކުރި ސްޕޭން ޓީމުން މި މެޗުގައިވެސް ފެނުނީ ޓީމެއްގެ ގޮތުގައި ވަރުގަދަކޮށެވެ. ކޮލިފައިންގައި ކުޅުނު ފަސް މެޗުގައިވެސް ބައިކޮޅަށް ލަނޑެއް ވަދެފައިނުވާ ސްޕޭންގެ ގޯލު ތުރުކީގެ ޑެނީޒް ގުލް ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ލަނޑެއް ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު ތުރުކީން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 9 ވަނަ މިނިޓުގައި މި ލަޖޑު ޖެހިއިރު، މި ލަނޑު ޖަހާފައިވަނީ ސާލިހް އޮޒްކާން އެވެ. ސްޕޭން އިން މި މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 62 ވަނަ މިނިޓުގައި މިކެލް އޮޔަރްޒަބާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ.އަންނަ އަހަރު އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި ބާއްވާ ވޯލްޑްކަޕްގެ ގުރުއަތު ނެގުން އޮންނާނީ އަންނަ ޑިސެމްބަރ މަހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ