ހަށިވިއްކާ ކަމުގެ ތުހުމަތުގައި ސެލޫނެއްގެ ތެރެއިން ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މިއަދު ބުނި ގޮތުގައި، 'ޕީސް ސެލޫން އެންޑް ސްޕާ'ގެ ނަމުގައި، ހ. އަރިހިޔާ ތިން ވަނަ ބުރީގައި ހިންގާ އެ ސެލޫންއިން ހައްޔަރު ކުރީ ތައިލެންޑް ތިން އަންހެނަކާއި ދިވެހި ފިރިހެނެކެވެ.
ތަފްސީލް - އެއީ:
މުހައްމަދު ސަމާމް ރަޝީދު، 28، ގއ. ވިލިނގިލި
ޖުންޕެން ކުމްބޮންޕިޓަކް، 38
ޕަޓްޗަރިދާ ބަންނަބޮޑީ، 24
ސުޕަވަޑީ ޖޮމްޓަރަކު، 21
ފުލުހުން ބުނި ގޮތުގައި، މީގެ ދެ ދުވަސްކުރިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މި މީހުން ހައްޔަރު ކުރީ، 'ފައިސާގެ މުގާބިލްގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށި ވިއްކުމުގެ ވިޔަފާރި' ކުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން މިހާރު ވަނީ އެ މީހުންގެ ބަންދުގެ މުއްދަތު ޖަހާފަ އެވެ. އެގޮތުން:
ދިވެހި ފިރިހެން މީހާ ފަސް ދުވަހަށް
ތައިލެންޑުގެ ދެ އަންހެނުން ތިން ދުވަހަށް
ތިން ވަނަ އަންހެން މީހާއަށް ބަންދުގެ މުއްދަތުގެ ގޮތުގައި 30 ދުވަސް
ސެލޫނެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ