"ސާފް" ގެ އައު ލޯގޯއާއެކު ރީބްރޭންޑުކޮށްފި

ދެކުނު އޭޝިއާގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ ކަމަށްވާ ސާފްގެ އައު ލޯގޯ ދައްކާލާ، ރީބްރޭންޑުކޮށްފިއެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި އެ ޖަމާއަތުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމަށްފަހު މި ލޯގޯ އާންމުކޮށް ދައްކާލާފާއިރު، ރާއްޖެވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އަލީ އުމަރެވެ. މިއީ ފަހުގެ ޒަމާނީ ގޮތްތަކަށް ބިނާކޮށް ފަރުމާކޮށްފައިވާ ލޯގޯއެކެވެ. މި ލޯގޯގައި ހިމެނޭ ކޮންމެ އަކުރެެއްވެސް ވަނީ އަޅައިގަންނަ ގޮތަކަށް ބައްޓަންކޮށްފައެވެ. ސާފްގެ މި ބޮޑު ނިންމުމާއެކު އެ ޖަމުއިއްޔާއިން ވަނީ ފުޓުބޯޅައި ގިނަ ހަރަކާތްތަކެއްވެސް ޕްލޭންކޮށްފައެވެ. މިއީ ފުޓްބޯޅައިގެ ދުނިޔޭގައި އަޅުގަނޑުމެންގެ އައިޑެންޓިޓީ ރަމްޒުކޮށްދޭ އެއްޗެއް، މި ޑިޒައިންއިން ދައްކުވައިދެނީ މުޅި ސަރަހައްދުގައި ފުޓްބޯޅަ ކުރިއެރުވުމަށް އަޅުގަނޑުމެން ކުރާ ބުރަ މަސައްކަތް، އުންމީދުކުރަނީ ހުރިހާ ސްޓޭކްހޯލްޑަރުން ވެސް މި އައު ވިޝުއަލް އައިޑެންޓިޓީގެ އަގު ވަޒަންކުރާނެ ކަމަށް" ސާފްގެ ރައީސް ކާޒީ މުހައްމަދު ސަލާހުއްދީން ވިދާޅުވިއެވެ. މި ލޯގޯ ފަރުމާކޮށްފައިވަނީ ލަންކާގެ ފުޓުބޯޅަ ފެޑެރޭޝަނުގައި މަސައްކަތްކުރަމުން އަންނަ ސުޕުން ދި ރާޖަޕަކްސާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ