އުރީދޫ ބޯޑުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު ނިމުމުގެ ކުރިން ހުޅުވާލަނީ

އާންމު ހިއްސާދާރުންގެ ފަރާތުން އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަސް ނިމުމުގެ ކުރިން ހުޅުވާލާނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެފިއެވެ.
އުރީދޫ އިން ބުނީ، 2026 ވަނަ އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ގައި ހިއްސާދާރުން ހޮވާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ނޮވެމްބަރު މަސް ނިމުމުގެ ކުރިން އެޕްލިކޭޝަން ހުޅުވާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެ ބޯޑުގެ ޑިރެކްޓަރުކަމަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަން ފޯމުތައް، އުރީދޫ ނޮމިނޭޝަން އަދި ރެމިއުނަރޭޝަން ކޮމިޓީއިން ބަލައި، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެ ކޮމިޓީ އިން ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ