ވޯލްޑް ކަޕް ޕްލޭއޮފްގައި އިޓަލީން ނޮދަން އަޔަލެންޑާ ދެކޮޅަށް ވޯލްޑް ކަޕް ޕްލޭއޮފްގައި އިޓަލީން ނޮދަން އަޔަލެންޑާ ދެކޮޅަށް

ޒިއުރިކް، ސްވިޒަލެންޑް (ނޮވެމްބަރު 21) - އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ޕްލޭއޮފް ބުރުގައި އިޓަލީން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ނޮދަން އަޔަލެންޑާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
އެންމެ ފަހުން ބޭއްވި ދެ ވޯލްޑް ކަަޕަށް ވެސް އިޓަލީ ކޮލިފައިނުވެ އެެވެ. ކުރިން ދެ ފަހަރެކޭ އެއްގޮތަށް މި ފަަހަރު ވެސް އިޓަލީ ކުޅެން ޖެހިފައި މި ވަނީ ކޮލިފައިން ޖާގައެއް ސީދާ ނުލިބުމުން ޕްލޭއޮފްގަ އެވެ. ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފުން އިޓަލީ ކެޓީ ސްވިޑެން އަތުން 1-0 އިން ބަލިވެގެންނެވެ. އަދި، ގަތަރުގައި، 2022 ގައި ބޭއްވި ވޯލްޑް ކަޕުން ވެސް އިޓަލީ އަށް ފުރުސަތު ގެއްލުނީ ކޮލިފައިން ޕްލޭއޮފްގައި ބަލިވުމުންނެވެ. ނޯތު މެސެޑޯނިއާ އިން، 1-0 އިން އިޓަލީ ބަލިކުރި ގޯލު ޖެހީ އިތުރު ވަގުތުގައި އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ.
މި ފަހަރުގެ ޕްލޭއޮފްގައި އިޓަލީން ފުރަތަމަ ކުޅެން ޖެހޭނީ ނޮދަން އަޔަލެންޑާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެއްޖެނަމަ، ވޯލްޑް ކަޕްގެ ޖާގަ އަކަށް ޕްލޭއޮފްގެ ޕެތު އޭގެ ފައިނަލުގައި ކުޅެން ޖެހޭނީ، ވޭލްސް އާއި ބޮސްނިއާ ތެރެއިން ޓީމަކާ އެވެ.
ޔޫރަޕުން ވޯލްޑް ކަޕަށް ކޮލިފައިވާ ފަހު ހަތަރު ޓީމު އެނގޭނީ ޕްލޭއޮފްގެ ހަތަރު ޕެތުންނެވެ. ކޮންމެ ޕެތެއްގެ ޗެމްޕިއަނަށް ވޯލްޑް ކަޕް ޖާގަ ލިބޭނެ އެވެ. އެ ގޮތުން، ޕެތު އޭގައި ހިމެނެނީ އިޓަލީ، ބޮސްނިއާ، ވޭލްސް އަދި ނޮދަން އަޔަލެންޑް އެވެ. ޕެތު ބީގައި ހިމެނެނީ، ޔޫކްރެއިން، ސްވިޑެން، ޕޮލެންޑް، އަލްބޭނިއާ އެވެ. ޕެތު ސީގައި ހިމެނެނީ، ސްލޮވާކިއާ، ކޮސޯވޯ، ތުރުކީ އަދި ރުމޭނިއާ އެވެ. އަދި، ޕެތު ޑީގައި ހިމެނެނީ، ޗެކް ރިޕަބްލިކް، އަޔަލެންޑް، ޑެންމާކް، ނޯތު މެސެޑޯނިއާ އެވެ.
ޕްލޭއޮފް ސެމީ ފައިނަލް އޮންނާނީ މާޗު މަހުގެ 26 ގަ އެވެ. އަދި، ޕްލޭއޮފް ފައިނަލް އޮންނާނީ މާޗް 31 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ