ބޯހިޔާވަހިކަމަށް ހާއްސަކުރިއިރު މި ބަޖެޓު ހުސްވިއިރު ރައީސް މުހައްމަދު މުއިއްޒު އަށް އެންމެ ގާބުރިއެއް ނުބޭއްވުނު ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މުއިއްޒު މި އަހަރު ކަނޑައެޅީ، "ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް" ގޮތުގައި ކަމަށާއި ނަމަވެސް، ބޯހިޔާވަހިކަމަށް ހާއްސަކުރި ދެ ބިލިއަން ރުފިޔާ ހުސްވިއިރު، "ބޭންދުނު ގާކޮޅެއް ނެތް" ނެތް ކަމަށެވެ. ހައުސިން ލޯނު ދޫކުރުމާއެކު 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ 2025 ގެ ބެޖެޓުަގއި ކަނޑައެޅި އެވެ.
"ބޯހިޔާވަހިކަމަކީ އެންމެ ހައްސާސް މައްސަލަ، ޒުވާނުންނަށް ވެސް އަދި އެހެން މީހުންނަށް ވެސް. އެހޭ ވަރަށް މި ވާހަކަ ދައްކާފަ ފޮނި ކަނޑާފައި އަޗާތެޅީ،" ޔާމީން ވިދާޅުވި އެވެ.
"[އަޗާ]ތަޅާފަ މި ދެ ބިލިއަން ރުފިޔާ ވީނުވީއެއް ނޭނގެ. އިނގޭތޯ. ބަޖެޓުގައި ޖެހި މި ފައިސާ. އަދި ޕީއެސްއައިޕީގެ ތެރޭގައި މި ފައިސާ ހުރި."
ސަރުކާރުން 2025 އަށް ލަފާކޮށް ހުށަހަޅަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބެޖެޓުން ރާއްޖޭގެ އެކި ސަރަހައްދުތަކަކަށް ބަހާލައިގެން 1.5 ބިލިއަން ރުފިޔާ ހައުސިން މަޝްރޫއު ހިންގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ދެ ބިލިއަނާއި ފަސް ބިލިއަނާ ދެމެދުގެ އަދަދަކަށް 5 ޕަސެންޓު އިންޓަރެސްޓު ރޭޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. .
ނަމަވެސް މިއިން އެއްވެސް ކަމެއް މި އަހަރު ނުވެ އެވެ.
ފްލެޓެއް އަމަލީ މަސައްކަތް ނުފަށާއި، ބަޖެޓު ހުސްވިއިރު، މުއިއްޒުގެ ބޯހިޔާވަހިކަމުގެ ވައުދު ފުއްދައި ދިނުމަށް އެމްއެމްއޭއިން އެކުލަވާލި އުސޫލެއްގެ ދަށުން ހާއްސަ ފަންޑެއް އުފެއްދުމަށް ވަނީ ނިންމައިފަ އެވެ. ރާއްޖޭގައި ހިންގާ ހުރިހާ ބޭންކެއް ބައިވެރިވާން މަޖުބޫރުވެ އެވެ. ބީއެމްއެލްއިން އެކަނި 3000 ހައުސިން ޔުނިޓު އަޅަން މިހާރު ވަނީ ނިންމައިފަ އެވެ. އަދި 5 ޕަސެންޓު އިންޓަރެސްޓު ރޭޓުގައި ހައުސިން ލޯނު ދޫކުރަން އެ ބޭންކުން ނިންމާފައިވެ އެވެ.
މި އަހަރަށް ކަނޑައެޅި ބޯހިޔާވަހިކަމުގެ ވައުދު ނުފުއްދޭއިރު، 2026ގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ބުނެ 2.7 ބިލިއަން ރުފިޔާކަން ކަނޑައަޅާފައިވެ އެވެ.
ބޯހިޔާވަހިކަމުގެ ބަޖެޓު މުއިއްޒު ހުސްކޮށްލިއިރު އެންމެ ގާކޮޅެއް ނުބޭއްވުނު: ޔާމީން ބޯހިޔާވަހިކަމުގެ ބަޖެޓު މުއިއްޒު ހުސްކޮށްލިއިރު އެންމެ ގާކޮޅެއް ނުބޭއްވުނު: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ