އުންމީދުކުރި ވަރަށް ވުރެ ފުރިހަމައަށް މި ދެ އަހަރު ރައީސް ޚިދުމަތްކޮށްދެއްވައިފި: ފަލާހު
އުންމީދުކުރި ވަރަށް ވުރެ ފުރިހަމައަށް މި ދެ އަހަރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ޚިދުމަތްކޮށްދެއްވައިފި ކަމަށް ޕީއެންސީގެ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިރޭ ވިދާޅުވެއްޖެއެވެ. ޕީއެންސީން މިރޭ ވަނީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ހަފުލާއެއް ބާއްވާފައެވެ. އެ ހަފުލާގައި ފަލާހު ވިދާޅުވީ، ރައީސް މުއިއްޒަކީ މި ގައުމަށް ލިބިފައި ހުރި ޖަވާހިރެއް ކަމަށެވެ. އެގޮތުން، އުންމީދު ކުރި ވަރަށް ވުރެ، ފުރިހަމައަށް މިދިޔަ ދެ އަހަރު ރައީސް ޚިދުމަތްކޮށްދެއްވައިފި ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. "އުންމީދުކުރި ވަރަށް ވުރެ ފުރިހަމައަށް މި ދެ އަހަރު ރައީސް މުއިއްޒު ޚިދުމަތްކޮށްދެއްވައިފި" ފަލާހު ވިދާޅުވިއެވެ. ޕީއެންސީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިން --- ސަން ފޮޓޯ/ މޫސާ ނަދީމް އޭނާ ވިދާޅުވި ގޮތުގައި، މީގެ ކުރިން ވެރިކަން ކުރެއްވީ ވަރަށް އަބުއި (ގެއްލުންދެނިވި) ވެރިންނެވެ. އެކަމަކު، ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، އެ މީހުންގެ ކަންކަން އަޑުއެއްސެވި ކަން ފަލާހު ފާހަގަކުރެއްވިއެވެ. އެ ދަތުރުފުޅުތަކުގައި ވައުދުވެޑައިގަތް ކަންތައްތަކުގެ އިތުރަށް ރައްޔިތުން އެދޭތީ އެހެނިހެން މަޝްރޫއުތައް ވެސް މިހާރު ފަށާފައިވާ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ. މި ހަފުލާގައި ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ކޭކެއް ވަނީ ފަޅާފައެވެ. އޭގެއިތުރަށް، މި ހަފުލާގައި މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއުއާއި މަޖިލީހުގެ ރައީސް އަދި، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަޙީމް އަބްދުﷲގެ އިތުރަށް އެ ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. https://www.sun.mv/213937 މިދިޔަ ހުކުރު ދުވަހުގެ ރޭ ޕީއެންސީން ވަނީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރާއްޖޭގެ އެކި ހިސާބުތަކުން ސަޕޯޓަރުން ގެނެސްގެން ބޮޑު އެއްވުމެއް ބާއްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި، މި އެއްވުމަށް 13،000އަށް ވުރެ ގިނަ މީހުން އެއްވިއެވެ. ރައީސްގެ އަރިސް ބޭފުޅުންނާއި ޕީއެންސީގެ މެންބަރުން އަންނަނީ އެއީ ފަހުގެ ތާރީޚެއްގައި ބޭއްވި އެންމެ ބޮޑު ސިޔާސީ ހަރަކާތުގެ ގޮތުގައި ސިފަކޮށް، އެކަމުން ދައްކުވައިދެނީ ސަރުކާރަށާއި ރައީސަށް އޮތް ތާއިދު ކަމަށް ބުނަމުންނެވެ. ނަމަވެސް އެ ޖަލްސާއާ ގުޅުވައި، އިދިކޮޅާއި ބައެއް އާންމުންގެ ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ