ރައީސްގެ ދެކަނބަލުން ފަލަސްތީނުގެ ޓީމަށް ފަރިއްކޮޅެއް ދެއްވައިފި

ރައީސް މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ފަލަސްތީނުގެ 17 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމަށް މެންދުރުގެ ފަރިއްކޮޅެއް މިއަދު ދެއްވައިފި އެވެ. 
ވީ ކިހިނެއް؟ - ފަލަސްތީނުގެ ޓީމު ރާއްޖެ އައިސް އުޅެނީ އޭއެފްސީ ފުޓްބޯޅަ މުބާރާތުގެ 17 އަހަރުން ދަށުގެ ކޮލިފައިންގައި ބައިވެރިވުމުގެ ކުރިން ތަމްރީނު ކޭމްޕެއްގައި ބައިވެރިވުމަށެވެ. މި ދަތުރުގައި މި ޓީމު ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ އެކު ރަހުމަތްތެރިކަމުގެ ދެ މެޗު ކުޅެފަ އެވެ.
ތަފްސީލް - ފަލަސްތީނުގެ ޒުވާން ޓީމަށް ރައީސްގެ ދެކަނބަލުން ހޮޓެލް ޖެންގެ ބޯލްރޫމުގައި ދެއްވި ފަރިއްކޮޅުގައި ސަރުކާރުގެ އިސްވެރިންނާއި ރާއްޖޭގެ 17 އަހަރުން ދަށުގެ ފުޓުބޯޅަ ޓީމު ވެސް ބައިވެރިވި އެވެ.
ރައީސް މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވަނީ، ފަލަސްތީނާއި ރާއްޖޭގެ ދެ މެޗުގެ ސުވެނިއާ ޓިކެޓު ބައްލަވައިގެންފަ އެވެ. މި މެޗުތަކުން ލިބުނު ހުރިހާ ފައިސާއެއް ހަދިޔާކޮށްފައި ވަނީ އިޒްރޭލުން ސުންނާފަތިކޮށްލާފައިވާ ފަލަސްތީނުގެ ފުޓުބޯޅަ އެސޯސިއޭޝަނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ