ކުށްކުރެވޭނީ އިންސާނުންނަށެވެ! ވީމާ އަނބިމީހާއަށްވެސް އަދި ފިރިމިހާއަށްވެސް ކުށް ކުރެވޭނެއެވެ. އަނބިމީހާއަށް އެންމެ ރަނގަޅަށް ނޫން ގޮތަކަށް ކަމެއް ކުރެވޭއިރަށް ނިކަމެތިބަސްތައްބުނެ ހިތުގައި ޖައްސާނަމަ އަބަދު ހުންނާނީ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަމިއްލަ ނަފްސަށް އިތުބާރު ގެއްލިފައެވެ. އެކަމުގެ ނޭދެވޭ އަސަރު ދިރިއުޅުމުން ފެންނާނެއެވެ. ދެމީހުން އެކުގައި އުޅެންފަށައިގަންނަ ދުވަސްކޮޅު މިކަންކަމަށް ވަރަށް ބޮޑަށް ވިސްނަންވާނެއެވެ.
އަނބިމީހާއަށް ކުރެވުނު ކަމަކާއި ގުޅިގެން އޭނާއަށް ދެރަގޮތެއް މެދުވެރިވުމުން އެއީ ތިބާ އަމިއްލައަށް ލިބިގަތް ދެރައެއް ކަމަށާއި މައްސަލަ އަމިއްލައަށް ޙައްލުކުރަން ބުނެފައި ދޫކޮށްނުލާށެވެ. ޒިންމާދާރު ފިރިންގެ ގޮތަކީ އެއީއެއް ނޫނެވެ.
ބައެއް ފަހަރު އަނބިންނަށް ކުރެވޭ ކަމަކުން ފިރިމީހާއަށް ކޮންމެވެސް ވަރެއްގެ ދެރައެއް، އަދި މާލީ ގެއްލުމެއްވެސް ލިބިދާނެއެވެ. އެޙާލަތުގައިވެސް އަނބިމީހާ ދެކެ ރުޅި އައިސް ބާކީކޮށްނުލާށެވެ! އެއްޗެތި ނުގޮވާށެވެ. އެއީ ބޮޑު މައްސަލައަކަށް ނުހަދާށެވެ! އިޞްލާޙްކުރަންޖެހޭ ކަމެއް ނަމަ ނަޞޭޙަތްތެރިވާށެވެ.
ހެޔޮލަފާ އަނބިންނާއިމެދު މިބުނި މަގުން ކަންކަން ކޮށްފިނަމަ އޭނާގެ ކުރިމަތީގައި ފިރިމީހާގތެ ދަރަޖަ އެތައް ގުނައަކަށް އުފުލިގެންދާނެއެވެ. އެކަމުގެ ސަބަބުން ލޯބިވެސް އެތައް ގުނައަކަށް އިތުރުވެގެންދާނެއެވެ. އަދި މާލީ ގޮތުން މާފައިދާހުރި ކަންކަން ކުރާތަންވެސް ފެނިގެންދާނެއެވެ.
ކިތަންމެ ރަނގަޅު އަންތބެއްގެ ކިބައިން ނަމަވެސް މިބުނި ފަދަ ކަމެއް ކުރިމަތިވެދާނެއެވެ. އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެއީ އިތުރަށް އެކުގައި ނުއުޅެވޭނެ ސަބަބެއްކަމަށް ހަދައި ޒުވާބުނުކުރާށެވެ. ނަމަނަމަ ދެމީހުން ވަކިނުވާށެވެ!
ބުނަންހެއްޔެވެ؟ ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތަކުގައި އެކަކު އަނެކަކަށް ދޫދިނުމަށްވުރެ ފައިދާހުރި އެއްވެސް ގޮތެއް ނުއޮންނާނެއެވެ. ދޫދީ މާފުކުރަން ފަސްޖެހޭނަމަ އަބަދުވެސް އުޅެންޖެހޭނީ މައްސަލަތަކުގައެވެ. ކައިވެނި ރޫޅާލައި އިތުރު ކައިވެންޏެއް ކުރިނަމަވެސް އެއްވެސް މައްސަލައެއް ނުޖެހި ދުނިޔޭގައި އުޅެވުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އެންމެ ރަނގަޅަށް ނޫންގޮތަކަށް އަނބިމީހާއަށް ކަމެއް ކުރެވުމަކީ ބޮޑު މައްސަލައަކަށް ނުހަދާނަމަ ފިރިމީހާއަށް ލިބޭ އުފާވެރިކަން މާބޮޑުވާނެ! އިން ޝާ ﷲ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ