ވޯކް ޕާމިޓާ ގުޅުންހުރި ފީތަކާއި ޖޫރިމަނާތައް ވަގުތުން ދެއްކުމަކާއި ނުލައި އެ ފީތައް ފަހުން ދައްކައި ހަލާސްކުރުމަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެއްބަސްވުމުން ވޯކް ޕާމިޓްތައް ބާތިލުކޮށްދޭން ނިންމައިފި އެވެ.
ދާހިލީ ސަލާމަތާއި ފަނިއްޔާތާއި ބެހޭ ވުޒާރާ އިން ބުނީ މިއީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށް ދޫކޮށްފައިވާ ވާކް ޕާމިޓްތަކާއި މަުވައްޒަފުންގެ ރެކޯޑްތައް ބެލެހެެއްޓުމުގައި ވަޒީފާދޭ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.
މި ގޮތުގެ މަތީން ބާތިލުކުރެވޭ ވާކް ޕާމިޓްތަކުގެ ކޯޓް ސްލޮޓް ރިލީޒްކުރެވޭނީ އެ ޕާމިޓްތަކާއި ގުޅިގެން ދައްކަން ޖެހޭ ހުރިހާ ފީތަކާއި ޖޫރިމަނާތައް ފުރިހަމައަށް ދައްކާ ހަލާސްކުރުމުންނެވެ.
ވޯކް ޕާމިޓާ ގުޅުންހުރި ފީތައް ދައްކަން އެއްބަސްވުމުން ވޯކް ޕާމިޓްތައް ބާތިލުކޮށް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ