މިލަންދޫ ފަރަށް އެރި ޓަގު ބޯޓެއް 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި މިލަންދޫ ފަރަށް އެރި ޓަގު ބޯޓެއް 12 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

ށ. މިލަންދޫ ފަރަށް އެރި ޓަގު ބޯޓެއް 12 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން އެންވަރަމަންޓް ރެގިއުލޭޓަރީ އޮތޯރިޓީ އިން ނިންމައިފި އެވެ.
ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓްރީކޮށްގެން ސިންގަޕޫރުގެ ކުންފުންޏަކުން ދުއްވާ "ޝްވޭ ލިން ޔޯން" ނަމަކަށް ކިޔާ ޓަގު ބޯޓު މިލަންދޫ ފަރަށް އެރީ އޮކްޓޯބަރު، 2024، ގަ އެވެ.
އީއާރްއޭ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޓަގު ބޯޓު މިލަންދޫ ފަރަށް އެރުމުގެ ސަބަބުން އެ ފަރުގެ 477 އަކަފޫޓުގެ ސަރަހައްދަކަށް ގެއްލުންވެފައިވާ ކަމަށެވެ.
"މި އުޅަނދު ފަރަށް އެރި ސަރަޙައްދު ބެލި ބެލުމުން އެ ފަރުގެ 477 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން ވަނީ ފާހަގަކުރެވިފަ،" އެ އިއުލާނުގައި ބުނެފައިވެ އެވެ.
އެ ޓަގު ބޯޓު ދުއްވަނީ ސިންގަޕޫރުގެ ގްލޯހާ މެރިޓައިމް ޕްރައިވެޓް ލިމިޓެޑުންނެވެ. ޖޫރިމަނާ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏަށް އަންގާފައިވާ ކަމަށް ވެސް އީއާރްއޭ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ