ރާއްޖޭގައި ކުރިއަށްދާ އެންމެ ފޯރިގަދަ ރިސޯޓް ފުޓްސަލް މުބާރާތް، ރިސޯޓް ލީގުގައި މިހާރު ކުޅެމުން އަންނަ ސައުތު މާލެ ޒޯން ބުރުގެ ފައިނަލުގެ ފަހު ޖާގަ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް ކަޓުވާލުމަށް ފަހު ވަލްޑޯފް އަސްޓޯރިއާ މޯލްޑިވްސް އިތާފުށިން ހޯދައިފި އެވެ.
ވިއްސާރައިގެ ސަބަބުން ފަސް ކުރަން ޖެހުނު ސެމީ ފައިނަލް ދެ ވަނަ މެޗުގައި، ވަލްޑޯފް އާއި ހާޑް ރޮކް އިއްޔެ ހަވީރު ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުޅުނުއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ޕެނަލްޓީގައި، ވަލްޑޯފް އަސްޓޯރިއާ މޮޅުވީ 5-4 އިންނެވެ.
އިއްޔެގެ މެޗުގައި ހާޑް ރޮކްގެ ލަނޑު ޖެހީ މުހައްމަދު ސުހެއިލް އެވެ. އަދި، ވަލްޑޯފް އިން އެއްވަރުކުރި ލަނޑަކީ، ހާޑް ރޮކްގެ މުހައްމަދު ސާމިލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު، ހާޑް ރޮކް އިން ތިން ޕެނަލްޓީ ވައްދާލި އެވެ. އެކަމަކު، ވަލްޑޯފް މޮޅުވީ ހަތަރު ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.
ހާޑް ރޮކުން ޕެނަލްޓީތައް ކާމިޔާބުކުރީ، އަހުމަދު މަޝީދު، މުހައްމަދު ތަޝްމީން (ތައްތި) އަދި އިމްހާދު އަބްދުލް ގައްޔޫމް އެވެ. އަނެއްކޮޅުން ވަލްޑޯފުން ޕެނަލްޓީތައް ވައްދާލީ އަބްދުﷲ ރަބާހު މުހައްމަދު، ޖައުފަރު އިބްރާހިމް، އިބްރާހިމް ރަފާހު އަދި މުހައްމަދު ފަޒީލް އެވެ.
މާދަމާ ކުޅޭ ފައިނަލުގައި ވަލްޑޯފުން ނުކުންނާނީ، ސައި ލެގޫން މޯލްޑިވްސް ކުރީއޯ ކަލެކްޝަން ބައި ހިލްޓަންއާ ދެކޮޅަށެވެ. އެ ޓީމުން ފަައިނަލުގެ ޖާގަ ހޯދީ ސެމީ ފައިނަލް ފުރަތަަމަ މެޗުގައި، 3-1 އިން ވެލައްސަރު މޯލްޑިވްސްގެ މައްޗަށް ކުރިހޯދައިގެންނެވެ.
ރިސޯޓް ލީގު: ހާޑް ރޮކް ކަޓުވާލައި ވަލްޑޯފް އަސްޓޯރިއާ ފައިނަލަށް ރިސޯޓް ލީގު: ހާޑް ރޮކް ކަޓުވާލައި ވަލްޑޯފް އަސްޓޯރިއާ ފައިނަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ