މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދި ނޭޕާލް މީހާ ކަމަށް ބެލެވޭ: ފުލުހުން

ހުޅުމާލޭ ވޯޓާ ތީމް ޕާކު ހަދަން ދޫކޮށްފައިވާ ސަރަހައްދުގައި މަރުވެފައި އޮއްވާ އިއްޔެ ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު ހޯދަން އިއުލާންކުރި މީހާ ކަމަށް ބެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެެއް؟ - މަރުވެފައި އޮތް މީހާ ފެނުނީ އިއްޔެ އިރުއޮއްސެނިކޮށެވެ.
ތަފްސީލް - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި ނަމަވެސް އެއީ ކާކުކަން އަދި ދެނެނުގަނެވޭ ކަމަށެވެ. ނަމަވެސް:
އެއީ ގެއްލިގެން ހޯދަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކުރި ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ކަންކަން ތަހުގީގަށް މިހާތަނަށް ފެނިފައިވޭ
އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށް އެބަދޭ
"މީހާގެ ހަށިގަނޑު ވަނީ ޑީކޮމްޕޯޒްވެފައި،" ފުލުހުން ބުންޏެވެ.
އެނގުން މުހިންމު - ގެއްލިގެން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން އިއުލާންކުރީ 29 އަހަރުގެ ނޭޕާލް ފިރިހެނެއް ހޯދުމަށެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ، އޭނާ މަސައްކަތް ކުރާ ކުންފުނިން ބުނެފައިވާ ގޮތުގައި، އޭގެ އެއް ދުވަސް ކުރިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ