ބަންޑުންޖަހާލި 'ލިއޯ' ދޯނިން ގެއްލުނު މީހާގެ ހަށިގަނޑު ފެނިއްޖެ

ކ. ތުލުސްދޫ ކައިރިން ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި 'ލިއޯ' ނަމަކަށް ކިޔާ ދޯނިން ގެއްލުނު މީހާގެ ހަށިގަނޑު ހޯދައިފި އެވެ.
ތަފްސީލު - އެމްއެންޑީއެފްއިން ބުނީ އެ ދޯނި ބަންޑުން ޖަހާލިއިރު ހަ މީހަކު އެއިން ދަތުރުކުރަމުންދިޔަ ކަމަށެވެ.
އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.
އޭނާގެ ހަށިގަނޑު ފެނުނީ ހޯދުމުގެ މަސައްކަތުގައި އުޅުނު ތުލުސްދޫ މީހުންނަށެވެ. 
އެ މަސައްކަތުގައި އެމްއެންޑީއެފް މާލެ އޭރިއާ ސެކަންޑް ސްކޮޑްރޮންއިން ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ