މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ބައި-އިލެކްޝަނުގައި ވާދަކޮށް އަދަދު ގެ ނޫސްވެރިޔަކު އިންތިހާބު ކާމިޔާބު ކުރުމުން އިންތިހާބުވި ތިން މެންބަރުންނާ ވެސް މަގާމު ހަވާލު ކުރަން ޔޫތު މިނިސްޓްރީ އިން ދެކޮޅު ހަދައިފި އެވެ.
ޔޫތު މިނިސްޓްރީން ބޭއްވި މީޑިއާ ކައުންސިލުގެ ބައި-އިލެކްޝަނުގައި ހޮވުނީ މީޑިއާ ތަމްސީލްކުރާ މެންބަރެއްގެ ގޮތުގައި މި ނޫހުގެ ލީވާން އަލީ ނާސިރާއި ދައުރު ނޫހުގެ މުހައްމަދު މުޒައްޔިން ނާޒިމް އެވެ. އަމިއްލަ މެންބަރެއްގެ ގޮތުގައި ހޮވުނީ ހައްވާ ވަޖުދާ އެވެ.
އެކި މަސްދަރުތަކުން މި ނޫހަށް އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި މީޑިއާ ކައުންސިލަށް އަލަށް ހޮވުނު އެ ތިން މެންބަރުންނާއި މަގާމުގެ މަސްއޫލިއްޔަތު މީޑިއާ ކައުންސިލުން ހަވާލު ނުކުރެވިގެން އުޅެނީ، އެ މެންބަރުންތައް ހޮވުނުކަން މިހާތަނަށް ވެސް ޔޫތު މިނިސްޓްރީން ރަސްމީކޮށް އެ ކައުންސިލަށް އަންގާފައި ނުވާތީ އެވެ.
މީޑިއާ ކައުންސިލުގެ ތިން ގޮނޑި ހުސްވެފައި ހުންނަތާ ގިނަ ދުވަސްތަކެއް ވަނީ ފާއިތުވެފަ އެވެ. މިގޮތުން ހޮނިހިރު ދުވަހު ބައި-އިލެކްޝަން ބޭއްވުނީ ދިގު އިންތިޒާރަކަށްފަހު އެވެ.
މީޑިއާ ކައުންސިލް ބައި-އިލެކްޝަންގައި މުޒައްޔިން އަށް 50 ވޯޓު ލިބުނުއިރު ލީވާން އަށް 48 ލިބުނެވެ. ލީވާން އާއި މުޒައްޔިންއާ ދެން ވާދަކުރި އެމްއެމްޓީވީގެ މަރިޔަމް މިލްޒަމް މަސްއޫދަށް ލިބުނީ ހަތަރު ވޯޓެވެ. ހައްވާ ވަޖުދާއަށް 38 ވޯޓު ލިބުނުއިރު، އޭނާއާ އެންމެ ގާތުން ވާދަކުރި ނަހްދާ އާދަމްއަށް ލިބުނު 12 ވޯޓެވެ.
މީޑިއާ ކައުންސިލަށް އަދަދު އިންތިހާބުވުމުން މެންބަރުންނަށް މަގާމު ހަވާލު ކުރަން ދެކޮޅު ހަދަނީ މީޑިއާ ކައުންސިލަށް އަދަދު އިންތިހާބުވުމުން މެންބަރުންނަށް މަގާމު ހަވާލު ކުރަން ދެކޮޅު ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ