ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްމަރޓް މީޓަރު ބޭނުންކުރަން ނިންމާފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެ ކުންފުނީގެ ކަސްޓަމަރުންނަށް ޒަމާނީ ޚިދުމަތްތައް ފޯރުކޮށްދީ، ކުންފުންޏާމެދު އޮންނަ އިތުބާރު އިތުރުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރު ހަރުކޮށް، ސްމާޓް އެޕްލިކޭޝަން ކަސްޓަމަރުންނަށް ތަޢާރަފުކުރުމަށް ބޭނުންވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެކުންފުނިން ބުނެފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްޓްލްކޯގެ ހުރިހާ ކަސްޓަމަރުންގެ މީޓަރުތައް ސްމާޓް މީޓަރަށް ބަދަލު ކުރެވިގެންދާނެ ކަމާއި، އަދި ސްމާޓް އެޕްލިކޭޝަނުން ކަސްޓަމަރުންނަށް މީޓަރުގެ މައުލޫމާތު ފެންނަން ހުންނާނެ ކަމަށާ، ގަޑިއިރަކަށް، ދުވާލަކަށް ނުވަތަ ހަފްތާއަކަށް ކަރަންޓު ބޭނުންކުރެވުނު މިންވަރު ފެންނާނެ ހުންނާނެކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
ސްމާޓް މީޓަރާއި ސްމާޓް އެޕްލިކޭޝަންގެ ސަބަބަން ކަސްޓަމަރުންނަށް އެތަކެއް ފައިދާތަކެއް ކުރާނެކަމަށް އެ ކުންފުނިން ބުނެއެވެ. އޮގޮތުން ކޮންމެ ތާކު ކޮންމެ ވަގުތެއްގައި ވެސް ކަރަންޓު ބޭނުންކުރެވޭ މިންވަރު ބަލައި، ކަރަންޓު އިގްތިސާދުކުރުމަށް ހާއްސަ ސަމާލުކަމެއް ދެވި، ކަރަންޓަށް ކުރާ މާލީ ޚަރަދު ކުޑަކުރެވިގެން ދިއުން ހިމެނޭކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަދި ހަމައެހެންމެ، އެއް ބިލަށްވުރެ ގިނަ ބިލަށް އެއްފަހަރާ ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންދިޔުމުގެ އިތުރުން، ސްޓެލްކޯ ކެއަރ މެދުވެރިކޮށް ކަސްޓަމަރ ސަރވިސް މުވައްޒަފުންނާ މި ސްމާޓް އެޕްލިކޭޝަނުން މެދުވެރިކޮށް މުއާސަލާތުކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ވެސް ބުނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްމަރޓް މީޓަރު ބޭނުންކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ