ނ. ފޮއްދޫ ބަނދަރު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.
ތަފްސީލް - 49.77 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން:
30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރާނެ
3,990 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެ
145 މީޓަރުގެ ބޭރުތޮށި ލާނެ
165 މީޓަރުގެ ރިވެޓްމަންޓް ޖަހާނެ
130 މީޓަރުގެ އެއްގަމުތޮށި ލާނެ
125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހަދާނެ
600 އަކަމީޓަރުގެ ޕޭވްމަންޓް ހަދާނެ
ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރާނެ
އެނގުން މުހިންމު - 504 މީހުންގެ އާބާދީއެއް ދިރިއުޅޭ ފޮއްދޫ ރައްޔިތުން އާއްމުކޮށް މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާގަ އެވެ. އެގޮތުން، އެ ރަށުގައި 5 ގެސްޓްހައުސް މިވަގުތު ހިންގަ އެވެ.
"ނަމަވެސް، ބަނދަރެއް ނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ނޫން މީހުން ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ،" އެމްޓީސީސީން ނެރުނު ބަޔާނެއްގައިވެ އެވެ.
"މިއަދު އަމަލީ މަސައްކަތް ފެށުނު ބަނދަރުގެ މަސައްކަތް ނިމުމާ އެކު ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރިންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ."
ފާހަގަކޮށްލެވޭ - މިދިޔަ 44 އަހަރު ތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު ނިންމާފަ އެވެ.
ފޮއްދޫ ބަނދަރުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ