އުރީދޫގެ ހަލުވި ސުޕަނެޓް ތުޅާދޫގައި ތައާރަފްކޮށްފި

ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ އިތުބާރު ކުރެވޭ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް ކަމަށްވާ ސުޕަނެޓް ބ. ތުޅާދޫގައި އުރީދޫ މޯލްޑިވްސް އިން ތައާރަފްކޮށްފި އެވެ.
ތަފްސީލް - ސުޕަނެޓާ އެކު އަންލިމިޓެޑް ޑޭޓާ ޕެކޭޖްތައް ރަށުގެ ރަށްވެހިންނާއި ވިޔަފާރިތަކަށް ވެސް ލިބިގެންދާނެ އެވެ.
ސުޕަނެޓާ އެކު ތުޅާދޫގައި އުރީދޫ ސުޕަނެޓް ކަސްޓަމަރުންނަށް މިހާރު ސްމާޓް ހޯމް ބަންޑަލް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން:
މިއީ ސްމާޓް ޑިވައިސްތައް ސީމްލެސް ބްރޯޑްބޭންޑް ކަނެކްޓިވިޓީގެ ބާރުން އިންޓަގްރޭޓްކޮށްގެން އާންމު ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް ފަރުމާކޮށްފައިވާ ޕެކޭޖެއް
ކޮންމެ އާ ސުޕަނެޓް ކަނެކްޝަނަކާ އެކު މިހާރު ބަންޑްލް އޮފާއެއް ލިބޭނެ
ސެކިއުރިޓީ ކެމެރާއަކާއި ސްމާޓް ޑޯބެލް ފަދަ ޒަރޫރީ ސްމާޓް ހޯމް ޑިވައިސްތައް ހިމަނައިގެން ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރި ނަމަވެސް ލުއި ފަސޭހަކަމާއި ގޭތެރޭގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ
ފާހަގަކޮށްލެވޭ - އުރީދޫގެ 'ޑިޖިޓަލް މޯލްޑިވްސް' ތަސައްވުރުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އަސާސަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ފުރިހަމައަށް ގުޅާލަދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން، ގިނަ ރަށްރަށަށް ސުޕަނެޓް ތައާރަފްކޮށް، ޑިޖިޓަލް ވަސީލަތްތަކާއި ހިދުމަތްތައް ފޯރުކޮށްދީ، އިގްތިސާދީ ކުރިއެރުމާއި ތައުލީމީ ފުރުސަތުތަކާއި އިޖުތިމާއީ ގުޅުމަށް ހިތްވަރު ދެމުން އަންނަ ކަމަށް އުރީދޫން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ