އައްޑޫ ކަރަންޓުގެ މައްސަލަ ހައްލުވާނެކަމަށް ވިދާޅުވެ, ދޮޅު އަހަރުވަންދެން މުއިއްޒު ހަދަމުން ދިޔައީ ދޮގާއި މަކަރު! މުއިއްޒު ޖަވާބުދާރީ ކުރުވުމަށް އައްޑޫ ރައްޔިތުން މިއަދު މުޒާހިރާއަށް ނިކުންނަނީ!

އައްޑޫ ސިޓީގައި ދިގު މުއްދަތެއް ވަންދެން ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުނުވުމާ ގުޅިގެން، ފެނަކަ ކޯޕަރޭޝަންގެ ހިތަދޫ ބްރާންޗް ކައިރީގައި މިއަދު ހަވީރު 4:00 އިން 5:00 އަށް މުޒާހަރާ ކުރުމަށް އައްޑޫގެ ރައްޔިތުން ތައްޔާރު ވެއްޖެއެވެ.
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ، ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އިހުމާލުވެފައިވާތީ އިހުތިޖާޖުކުރުން ނޫން އެހެން ގޮތެއް މިހާރު ނެތްކަމުގައެވެ.
މި މުޒާހަރާގެ ކުރިން، ރޭ ދަންވަރު ފެނަކަ ކޯޕަރޭޝަންގެ އިސްވެރިން އައްޑޫއަށް ވަޑައިގަތުމުން ވެސް ގަން އެއަރޕޯޓުގައި ވަނީ އިހުތިޖާޖު ކޮށްފައެވެ. ރޭ އައްޑޫއަށް ވަޑައިގެންނެވީ ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖާޙު އާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފްގެ އިސްތިއުފާއަށް ވަނީ ގޮވާފައެވެ. ރޭގެ މުޒާހިރާ ކުރި ފަރާތްތަކުން ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަންގެ ވެރިންގެ ގޮތުގައި ތިބީ ވަގުން ކަމުގައެވެ.
ފެނަކަ ކުންފުނީގެ ވެރިން ރޭ އައްޑުއަށް ވަޑައިގަތުމުން އިހުތިޖާޖު ކުރުމަށް އެއަރޕޯޓު ސަރަހައްދަށް އެއްވެފައި ތިބި ރައްޔިތުން ވަނީ ތަފާތު ޝުޢޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެން ނުރުހުން ފާޅުކޮށްފައެވެ. އެ ސަރަހައްދަށް އެއްވި ފަރާތްތަކުން ވަނީ ކަރަންޓުގެ މައްސަލައަށް ފެނަކައިގެ އިސްވެރިންގެ ޖަވާބެއް ނުލިބޭނެ ކަމާއި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެފަދަ މަޤާމުތަކަށް ހަމަޖައްސާފައިވާ ފަރާތްތަކަކީ ނުކުޅެދޭ ބައެއް ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
ރޯދަމަހަށް އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމަށް ފެނަކައިން ކުރިން ބުނެފައިވިޔަސް، ރޯދަމަސް ފެށުނު ފަހުން ވެސް އައްޑޫގެ އެކި އަވަށްތަކުން ކަރަންޓު އަންނަނީ ކެނޑެމުންނެވެ.
މުއިއްޒު އެތައް ފަހަރެއްގެ މަތިން ވަނީ އައްޑު ކަރަންޓު މައްސަލަ ހައްލު ކުރާނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް, ފެނަކަ ކުންފުނީގެ ކޮރަޕްޝަން އިންތިހާއަށް މަތިވެ, އެކުންފުނި މިހާރުވަނީ ކަރަންޓު ފަދަ އަސާސީ ޚިދުމަތެއް ދިނުމަށް ނުކުޅެދިފައެވެ. އެހެންނަމަވެސް, ކުންފުނިތަކުން ސީދާ މުއިއްޒުގެ ޖީބަށް ކޮރަޕްޝަންގެ ފައިސާ ލުމުގެ ބޭނުމުގައި, ދައުލަތުގެ ކުންފުނިތަކުގެ ވެރީންގެ ގޮތުގައި މުއިއްޒު ހަމަޖައްސާފައިވަނީ, ކޮރަޕްޝަނުން ފަސްބައި ކިލަނބުވެފައިވާ ފަރާތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ