ވެރި ރަށް މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި، ދުވަން ނުކުމެ އުޅުނު މީހާއަށް ފަރުވާދެމުން ދަނީ ވެންޓިލޭޓަރަށް ލައިގެން އައިސީޔޫގައި ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކައިރީ އޮންނަ ޒިބްރާ ކްރޮސް އިން ހުރަސް ކުރަން މަސައްކަތް ކުރަނިކޮށް ސައިކަލަކުން ޖެހި އަނިޔާވީ ބ. ތުޅާދޫއަށް ނިސްބަތްވާ އިބްރާހިމް ސިރާޖް، 40، އަށެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ސިރާޖުގެ ބޯ ފެޅުމުގެ އިތުރުން މޫނުގެ ބައެއް ކަށިތަކާއި ބައެއް މޭކަށިތައް ވަނީ ބިނދިފަ އެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެ އެވެ.
ސިރާޖުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ޔޫސުފް އަލްސަން މުހައްމަދު، 17، ވަނީ ރޭ ނިޔާވެފަ އެވެ. އެ ސައިކަލުގެ ފަހަތުގައި އިން އުމުރުން 16 އަހަރުގެ ކުއްޖާއަށް މިވަގުތު ފަރުވާދެނީ އައިޖީއެމްއެޗުގެ ވޯޑެއްގައި ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު އަބްދުލްޣަނީ އާއި މަރިޔަމް އަޝްފާގެ ހަމައެކަނި ދަރިފުޅެވެ. އަލްސަންގެ ޖަނާޒާ ބާއްވައި ވަޅުލަން ހަމަޖެހިފައި ވަނީ މިއަދުގެ އަސުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
އެ އެކްސިޑެންޓު ހިނގި މަންޒަރުގެ ސީސީޓީވީ ފުޓޭޖެއް ރޭ ވަނީ އާންމުވެފަ އެވެ. އޭގެން ފެންނަނީ ދުވަން ނުކުމެ އުޅުނު މީހާ ޒިބްރާ ކްރޮސްއަށް އެރި ފަހުން ސައިކަލު ބާރަށް އައިސް އޭނާގެ ގައިގައި ޖެހޭ މަންޒަރެވެ. ސައިކަލުން ނެއްޓެންވެގެން ތަންކޮޅެއް ބާރަށް ކުރިއަށްދާން އޭނާ މަސައްކަތް ކުރި އެވެ.
ދުވަން ނުކުމެ އުޅުނު މީހާގެ ގައިގައި ސައިކަލުން ޖެހުމުން އޭނާ ވިއްސައިގެން ގޮސް ޖެހުނީ ބިންމަތީގަ އެވެ. ސައިކަލު ޖެހުނީ ކުރިމަތިން އައި ޕިކަޕުގަ އެވެ. ޕިކަޕު މަޑުވީ ސައިކަލު ގޮސް ޕިކަޕުގައި ޖެހުނުތާ ސިކުންތުކޮޅެއް ފަހުންނެވެ. ސައިކަލު ފަހަތުގައި އިން ކުއްޖާއަށް ލިބުނު ގެއްލުމެ ތަފުސީލެއް އަދި ނުލިބެ އެވެ.
ރޭގެ އެކްސިޑެންޓުގައި އަނިޔާވި ދުވަން ނުކުމެ އުޅުނު މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ރޭގެ އެކްސިޑެންޓުގައި އަނިޔާވި ދުވަން ނުކުމެ އުޅުނު މީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ