ޗެލްސީން ޖެކްސަން ދޫކޮށްލަން ނިންމި ނިންމުން އުނބަށް ޖަހައިފި ޗެލްސީން ޖެކްސަން ދޫކޮށްލަން ނިންމި ނިންމުން އުނބަށް ޖަހައިފި

ލަންޑަން (އޮގަސްޓް 31) - ސެނެގާލްގެ ފޯވާޑް ނިކޮލަސް ޖެކްސަން ދޫކޮށްލަން ޗެލްސީން ނިންމައި، އޭނާ ބަޔާން މިއުނިކަށް ސޮއިކުރަން ޖަރުމަނަށް ގޮސް ހުއްޓައި، އެ ޑީލް ޗެލްސީން އުނބަށް ޖަހައިފި އެވެ.
ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ މީގެ ކުރިން އޭނާގެ ޕްލޭނުގައި ޖެކްސަން ނެތްކަމަށް މީޑިއާގައި ހާމަކޮށްފަ އެވެ.
އޭގެ ފަހުން، އިނގިރޭސި ގިނަ ކްލަބްތަކަކުން ޖެކްސަން ގެންނަން ކުރި އޮފާތަކަށް ނޫނެކޭ ބުނެ، ޗެލްސީން ނިންމީ ބަޔާނަށް ޖެކްސަން ދޫކޮށްލުމަށެވެ. އެއީ، ލޯން ފީގެ ގޮތުގައި މިހާތަނަށް ކުޅުންތެރިއަކަށް ހޭދަކުރާ އެންމެ ބޮޑު އަގު ކަމަށްވާ 15 މިލިއަން ޑޮލަރު ދައްކަން ބަޔާނުން އެއްބަސްވެ، ލޯން މުއްދަތު ހަމަވުމުން، 80 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުން ދާއިމީ ކޮންޓްރެކްޓެއް ދޭ ގޮތަށެވެ.
އެކަމަކު، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ފުލަމްއާ ކުޅުނު މެޗުގައި، އެ ޓީމުގެ އިނގިރޭސި ފޯވާޑް، ލިއަމް ޑެލަޕް އަށް އަނިޔާވުމުން ޗެލްސީން މި ވަނީ ޖެކްސަންގެ ޑީލް ހުއްޓުވައިފަ އެވެ. ޑެލަޕްގެ އަނިޔާ ސީރިއަސް ކަމަށް ބެލެވޭއިރު، ޗެލްސީން ވަގުތުން ނިންމީ، މިއުނިކަށް ގޮސް ހުރި ޖެކްސަންގެ ޑީލް ކުރިއަށް ނުގެންދަން ނިންމައި، އަނބުރާ ލަންޑަނަށް އައުމަށް ޖެކްސަން ގެނައުމަށެެވެ.
ބަޔާނުން ބުނެފައިވަނީ، އެ ކްލަބުން ޖެކްސަންގެ މެޑިކަލް ހެދުމަށް ތައްޔާރުވަމުން ދަނިކޮށް، ޗެލްސީން ވަނީ އެ ޑީލް ކުރިއަށްނުގެންދާނެކަން ހާމަކޮށްފައި ކަމަށް ބުނެފަ އެވެ.
ގެ އެއް އަހަރު ކުރިން، ވިޔަރެއާލަށް 40 މިލިއަން ޑޮލަރު ދީފައި، ޗެލްސީން ގަތް ޖެކްސަން، 24، އަށް އެކަށީގެންވާ ވަރުގެ ކުރިއެރުމެއް އެ ޓީމާ އެކު ހޯދިފައިނުވެ އެވެ. ޖެކްސަންއާ އެކު، ޗެލްސީން މިދިޔަ ސެޕްޓެމްބަރު މަހު ސޮއިިކުރި ނުވަ އަހަރުގެ ކޮންޓްރެކްޓް ހަމަވާނީ 2033 ވަނަ އަހަރު އެވެ. ޗެލްސީއާ އެކު، ޖެކްސަން ކުޅުނު ފުރަތަަމަ ސީޒަނުގައި، 35 މެޗުން 14 ގޯލު ޖަހައި، ފަސް ލަނޑު ޖަހަން ފުރުސަތު ހޯދައިދިންއިރު، ދެ ވަނަ ސީޒަނުގައި، 30 މެޗުން ޖެހުނީ 10 ގޯލެވެ. އަދި، ފަސް ލަނޑު ޖަހަން ފުރުސަތު ހޯދައިިދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ