ހަތަރު ރަށަކާއި އައްޑޫ ސިޓީގައި ކަރަންޓް މަޝްރޫއުގެ ޕްރީބިޑްގައި 33 ކުންފުންޏެއް ބައިވެރިވެއްޖެ

އައްޑޫ ސިޓީ އާއި ބ. ގޮއިދޫ އާއި ޅ. ކުރެންދޫ އާއި ތ. ބުރުނީ އާއި އަދި ގއ. ވިލިނގިލީ ކަރަންޓު އުފައްދާ ނިޒާމާއި އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމު ކުރަން ހުޅުވާލި ބީލަމުގެ ޕްރީބިޑް މީޓިން ބާއްވައިފި އެވެ.
އެނާޖީ މިނިސްޓްރީގައި މިއަދު ބޭއްވި ޕްރީބިޑް ބައަދަލުވުމުގައި ތަފާތު 14 ގައުމަކުން 33 ކުންފުނި ވަނީ ބައިވެރިވި އެވެ.
ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ކަރަންޓު އުފައްދާ ފޯރުކޮށްދިނުމުގައި އިސްރާފު ކުޑަކޮށް ހެޔޮ ގޮތުގައި ކަރަންޓު ފޯރުކޮށްދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި، ޔޫރަޕިއަން އިންވެސްޓްނަމްޓް ބޭންކް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއު ނިމޭއިރު ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެރަށަކަށް ދުވާލުގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެ މަތީ ޢަދަދު 30 ޕަސެންޓަށް ވުރެން މަތިން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމުކުރެވިގެންދާނެއެވެ. 
މި މަޝްރޫޢުގެ ދަށުން މިހާރު ހުޅުވާލެވިފައިވާ ބީލަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 08 އެޕްރީލް 2015 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ