ސައިކަލެއްގެ ޕޮކެޓުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ މި ސަރުކާރުން 3.5 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ބިލު ދައްކައިފި އެމްޑީޕީގެ ވާދަވެރި ދާއިރާއެއްގެ މަޖިލިސް ޓިކެޓު, އުމަރު ނަސީރުގެ ރަނިންމޭޓަށް އެމްޑީޕީ ޓިކެޓުގައި މަޖިލީހަށް ވާދަކުރާ 6

ޤުނޫތުއްނާޒިލާއަކީ ދާއިމީކޮށް ފަރުޟު ފަސް ނަމާދުގައި ކިޔަން އޮންނަ ޤުނޫތެއްނޫންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިފަދައިން ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާމާއި ޔަހޫދީންގެ އަނިޔާއިން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަރުޟު ފަސްނަމާދުގައި ކިޔަން ފެށި ނޫތު ނާޒިލާ ކިޔުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގައިފައިވާ ކަމަށް ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ބުނުމަށް ރައްދުދެއްވަމުންނެވެ.
މިކަމަށް ރައްދުދެއްވަމުން މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤުނޫތުއްނާޒިލާއަކީ ދާއިމީކޮށް ފަރުޟު ފަސް ނަމާދުގައި ކިޔަން އޮންނަ ޤުނޫތެއްނޫންކަމަށާއި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މުޞީބާތުގެ ވަގުތުގައި ޤުނޫތުއްނާޒިލާ 1 މަސް ދުވަސް ވަންދެން ކިޔުއްވުމަށް ފަހު ދޫކޮށްލެއްވިކަމަށެވެ.
“ޤުނޫތުއްނާޒިލާއަކީ ދާއިމީކޮށް ފަރުޟު ފަސް ނަމާދުގައި ކިޔަން އޮންނަ ޤުނޫތެއްނޫން. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ މުޞީބާތުގެ ވަގުތުގައި ޤުނޫތުއްނާޒިލާ 1 މަސް ދުވަސް ވަންދެން ކިޔުއްވުމަށް ފަހު ދޫކޮށްލެއްވި.” މިނިސްޓަރ ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާމާއި ޔަހޫދީންގެ އަނިޔާއިން ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކޮށްދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފަރުޟު ފަސްނަމާދުގައި ކިޔަން ފެށި ނޫތު ނާޒިލާ ކިޔުން ހުއްޓާލަން އިސްލާމިކް މިނިސްޓްރީން އަންގައިފައި ވަނީ އެ ވުޒާރާއިން މިސްކިތްތައް ބަލަހައްޓާ ކައުންސިލްތަކާއި ލޯކަލް އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައިކަމަށް ރާއްޖޭގެ ބައެއް އޮންލައިން ނޫސްތަކުގައި ބުނެފައިވެއެވެ.
އަދި މި ސާކިއުލާގައި މިއަދު މަގުރިބު ނަމާދުން ފެށިގެން ގުނޫތު ކިޔުން ވަގުތީގޮތުން ހުއްޓާލުމަށް އިމާމުންނަށް އަންގައިދިނުމަށް އެދޭ ކަމަށް މިނިސްޓްރީން ބުނެފައިވާކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ރައްތަކުގައި ރޭގަނޑުގެ ނަމާދުތަކަށްފަހު ގުނޫތު ކިޔަން އެންމެ ފުރަތަމަ އެންގީ މިދިޔަ އަހަރުގެ އޮކްޓޫބަރ މަހުގެ 11 ގަ އެވެ. އެއަށްފަހު ފަސް ނަމާދަށްފަހު ގުނޫތު ކިޔަން ސަރުކާރުން އެންގީ އެ އަހަރުގެ އޮކްޓޯބަރު 18 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ