މީގެ ހަ އަހަރު ކުރިން މާލޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި ގދ. ފަރެސްމާތޮޑާއަށް ނިސްބަތްވާާ އިބްރާހިމް އާގިލްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރި އެކަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ޮޮއޮގަސްޓް, 2018 ގައި އާގިލް މަރާލި މައްސަލާގައި ހއ. ދިއްދޫ، ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް އުފުލީ އާގިލް މަރާލުމުގައި ބައިވެރިވި ކަމުގެ ކުށުގެ ދައުވާ އެވެ.
މިއަދު ހެނދުނު ބޭއްވި ކްެރިމިނަލް ކޯޓުން އޭނާގެ މައްޗަށް އެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކަށަވަރުކޮށްދިނެވެ.
އާގިލް މަރާލި މައްސަލާގައި ދެެން ދައުވާކުރަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތާއި، ސ. ހިތަދޫ، ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކުގެ މައްޗަށެވެ. އެ މީހުންގެ މައްސަލައިގައި އަދި ހުކުމެއް ނީއްވަ އެވެ.
އާގިލަށް ހަމަލާ ދިނީ ވ. ފެލިދޫން މާލެ އައި ލޯންޗަކުން އެއް ނަންބަރު ފާލަމަށް ފޭބި ވަގުތުގަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އާގިލް މަރާލި މައްސަލާގައި ދައުވާލިބުނު އެކަކު ކޯޓުން ސަލާމަތްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ