މަސްތުވާތަކެއްޗާއި ދެކޮޅަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތަކީ އެހެން އެއްވެސް ކެންޑިޑޭޓަކު ގެންގުޅުއްވާ ސިޔާސަތެއް ނޫންކަމަށާއި މަސްތުވާތަކެއްޗާއި ދެކޮޅަށް ގެންގުޅުއްވާ ސިޔާސަތަކީ އެއްވެސް އިރެއްގައި ބަދަލުވާނެ ސިޔާސަތެއް ނޫންކަމަ ރިޔާސީ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްއިން ގެނެސްދޭ ރިޔާސީ ސިޔާސަތު ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެއީ އެއްވެސް މީހެއްގެ ނުފޫޒް ނުފޯރުވޭނެ ސިޔާސަތެއްކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި ކަނޑުގެ ސަރަހައްދު ހުރަސްކޮށް މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރާ ބޯޓުތައް ކަނޑަށް ފައްތާލާނެކަމަށެވެ. އެގޮތައް އަމަލުކުރަން ފަށައިފިނަމަ މި މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
"ރާއްޖޭގެ ކަނޑު ހުރަސްކޮށް މަސްތުވާތަކެތި އަޅުގަނޑުގެ ސަރުކާރެއްގައި އުފުލައިފިއްޔާ ބަޑިޖަހައި ފައްތާލާނަން ކަނޑަށް, އެ ބޯޓުތަކުގެ ވެރިންނަށް އިނގޭނެ ރާއްޖެ ނުފޮނުވޭނެކަން. ރާއްޖެއަށް ފޮނުވައިގެން ތުހުމަތެއް ކުރެވިއްޖެނަމަ ފައްތާލާނެކަން ބޯޓު. އެއިރަށް 2 ވަނަ ބޯޓު ނާންނާނީ. 2 ބޯޓު ފައްތާލީމަ އިތުރު ބޯޓު ނާންނާނެ ކަނޑުހުރަސް ކުރާކަށް މަސްތުވާތަކެތި ހިފައިގެންނެއް." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ ގޭންގުތަކުގެ މައްސަލަ ހައްލުނުވެ އޮތީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި ގޭންގްތައް ބޭނުންކުރާތީކަމަށާއި މަޖިލީހަށްވެސް ގޭންގްތަކުގެ ނުފޫޒް ވަދެފައިވާކަމަށެވެ.
މަސްތުވާތަކެތި ގެންނަ ބޯޓުތައް ކަނޑަށް ފައްތާލާނަން: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ