ދިވެހިން މިއަދު މިދެކޭ މިނިވަންކަން ދެމިއޮތުމުގައި އެންމެ ބޮޑު ހިއްސާއެއްވާ ޝަހީދު ކޯޕްރަލް ހުސެއިން އާދަމްގެ ބައްޕާފުޅު އާދަމް މުހައްމަދު ނިޔާވެއްޖެއެވެ.
ޝަހީދު ހުސެއިން އާދަމްގެ ބައްޕާފުޅު އާދަމް މުހައްމަދު ނިޔާވީ މިއަދުގެ ވަގުތެއްގައިކަމަށް "ވީނިއުސް" އަށް މައުލޫމާތު ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އާދަމް މުހައްމަދު ނިޔާވީ، އާލާސްކަންފުޅާ އުޅުއްވާތާ އަހަރުތަކެއްވީފަހުންނެވެ. އާދަމް މުހައްމަދު ނިޔާވެފައި މިވަނީ 80 ގެ އަހަރުތައް ގުނަމުންދަނިކޮށެވެ.
އާދަމް މުހައްމަދު އާއި އޭނާގެ އަނބިކަނބަލުން އައިޝަތު ހަސަންގެ ކައިވެންޏަށް ގާތްގަނޑަކަށް 67 އަހަރުގައި އާދަމް ނިޔާވިއިރު، ދުނިޔޭގައި މިހާރު ތިބީ ލިބުނު 13 ކުދިންގެ ތެރެއިން ހަ ކުދިންނެވެ. އެއީ ފަސް ފިރިހެން ކުދިންނާއި އަންހެއް ކުއްޖެކެވެ.
އިތުރު ތަފްސީލް އަންނަނީ...
ޤައުމީ ބަޠަލު، ޝަހީދު ހުސެއިން އާދަމްގެ ބައްޕާފުޅު ނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ