މާޒް ސަލީމް ރަނިންމޭޓު ކަމަށް ކަނޑައަޅައި އުމަރު ފޯމު ހުށަހަޅައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފި އެވެ.
ވީ ކިހިނެއް؟ - ރަނިންމޭޓުގެ ގޮތުގައި މާޒު ސަލީމް ހަމަޖައްސަވައި އުމަރު ނަސީރު ފޯމު ހުށަހަޅުއްވާފައިވަނީ ދަރުބާރުގޭގައި ހުންނަ އިންތިހާބީ މަރުކަޒަށެވެ. އެގޮތުން، އުމަރުގެ އިންތިހާބީ ފޯމު އިލެކްޝަންސްގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގެވެ.
ތަފްސީލު - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކަށް މިއަދަކީ އެންމެ ފަހު ދުވަސް ކަމަށް ވާއިރު، އިއްޔެ އާއި މިއަދު ގެންދަނީ އިއުލާން ކުރައްވާފައިވާ ގިނަ ކެންޑިޑޭޓުން ފޯމު ހުށަހަޅަމުންނެވެ. 
ފޯމު ހުށަހަޅުއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި ގިނަ މައްސަލަތަކަށް ހައްލު ގެނެސްދެއްވާނެ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ:
މަސްތުވާތަކެތީގެ މައްސަލަ
މަގުމަތީގައި މީހުން މެރުން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން
ބިދޭސީ ސިފައިން ރާއްޖޭގައި ތިބުން
އުމަރު ވިދާޅުވީ އެ މައްސަލަތަކަށް ހައްލު ހޯދެމުގެ އިތުރުން، އަމާނާތްތެރިކަމާއި ތެދުވެރިކަމާ އެކީ ވެރިކަން ކޮށް ރާއްޖެ ދަތުރުކުރާ ގޯސް މިސްރާބުން ރަނގަޅު މިސްރާބަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
"... އަދި އަމާނަންތެރިކަމާއި ތެދުވެރިކަމާ އެކުގައި ދިވެހި ރާއްޖޭގައި ވެރިކަން ކޮށް، ދިވެހި ރާައްޖެ މި ދަތުރުކުރާ ގޯސް މިސްރާބު ދޫކޮށް، މުޅިން އައު މިސްރާބަކަށް ﷲ އިރާދަ ކުރެއްވިއްޔާ ދިވެހިރާއްޖެ ގެންގޮސްދޭނަން،" 'ހައްލަކީ އުމަރު' ޖަހާފައިވާ ޓީޝާޓެއް ތުރު ކުރައްވައިގެން ހުންނެވި އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ