އެކައުންޓިންގ ދާއިރާގެ ސްކޮލަރޝިޕް ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކޮށްފި

އެކައުންޓިންގ ދާއިރާގެ ސްކޮލާޝިޕް ލިބޭ 210 ފަރާތަކަށް ލިޔުން ހަވާލުކޮށްފިއެވެ.
މިއީ އެކައުންޓިންގެ ދާއިރާގައި ފަންނީ މަސައްކަތްކުރުމުގެ ފުރުޞަތު ދިވެހީންނަށް ހޯދައިދިނުމުގެ ގޮތުން ސަރުކާރުގެ ހަރަދުގައި ޗާރޓަޑް ޕްރޮފެޝަނަލް އެކައުންޓަންޓުން ތަމްރީނުކުރުމުގެ ގޮތުން ހަޔާރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ސްކޮލަޝިޕްތަކެކެވެ. މި ސްކޮލަރޝިޕްތަކަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.
ސްކޮލަރޝިޕް ލިބޭ ފަރާތްތަކާއި އެކަމާ ގުޅޭ ލިޔުން ހަވާލުކޮށްފައިވަނީ އިއްޔެ ހަވީރު އެމްއެންޔޫގެ ސެންޓްރަލް އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަންއާއި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ބައިވެރިވެވަޑަައިގެންނެވިއެވެ.
މި ސްކޮލަޝިޕްތަކުގެ މަގްސަދަކީ ވާދަވެރި ވަޒީފާގެ ބާޒާރު ދިވެހިންނަށް ފަހިކޮށްދިނުމާއެކު ދާއިރާއިން ތަމްރީން ލިބިފައިވާ ފަންނީ ދިވެހީން އުފައްދައި، މި ދާއިރާ ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށް މިނިސްޓްރީން ބުނެއެވެ.
އަދި އެ ދާއިރާއިން މިހާރު ކިޔަވަމުން ދާ ފަރާތްތަކަށާއި، މިދާއިރާއާއި ގުޅުންހުރި ދާއިރާތަކުން ތައުލީމު ހޯދާފައިވާ ފަރާތްތަކުން ޕްރޮފެޝަނަލް ޗާރޓަރޑް އެކައުންޓެންޓުންނަށް ވުމަށް އެ ސްކޮލަރޝިޕް ފުރުސަުތުތަކުގެ ބޭނުންހިފޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
ސްކޮލަރޝިޕް ބަހާލައިފައިވަނީ ދެ ކެޓެގަރީއަށެވެ. އެއީ، 150 އޯޕަން ކެޓެގަރީ އަދި 50 ޕަބްލިކް ކެޓެގަރީއަށެވެ. މިނިސްޓްރީން ބުނީ 50 ފުރުސަތު ޕަބްލިކް ސެކްޓަރއަށް ރިޒާވްކުރުމުގެ ބޭނުމަކީ ދައުލަތުގެ މާލީ ކަންކަމުގައި މަސައްކަތް ކުރާ ޒުވާނުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ކަމަށެވެ.
މިދިޔަ އަހަރުވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ދާއިރާއިން ކިޔެވުމަށް 173 ސްކޮލަރޝިޕް ދީފައެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ