ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ އަބަދު ދޮގު ވާހަކަ ފަތުރާ ބޭފުޅެއް ކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިހެން ވިދާޅުވީ އުތުރުތިލަފަޅު އެއްބަސްވުންކަމަށް ބުނެ އުމަރު އާންމުކުރި ލިޔެކިޔުންތަކުގެ ސަބަބުންނެވެ. އެ އެއްބަސްވުމަކީ ހައްސަ އެއްބަސްވުމެެއް ކަމަށް އުމަރު ވިދާޅުވި ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.
އުމަރުގެ ވާހަކަތަކާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ އުމަރަކީ އަބަދު ދޮގު ވާހަކަ ފަތުރާ މީހެއް ކަމަށާއި އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންއޭ ކިޔައިގެން ދެއްކި ވާހަކަތައް ވެސް މަޖިލީހުގައި ސުވާލު ކުރުމުން އެއީ ސިިޔާސީ ވާހަކައެއް ކަމަށް އުމަރު ވިދާޅުވެފައިވާ ކަމަށެވެ.
”އަނެއްކާވެސް ސިޔާސީ ގޮތުން ރެލެވެންޓް ވޭތޯ؟“ ރޮޒެއިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ އިތުރުން ގިނަ އެމްޑީޕީގެ މެމްބަރުން އަންނަނީ އުމަރަށް ބަހުގެ ހަމަލާތަށް ދެމުންނެވެ. އެގޮތުން ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވީ އުތުރު ތިލަފަޅުގެ އެއްބަސްވުމާ ބެހޭ ގޮތުން އުމަރު ދައްކަވާ ވާހަކައިން ހީވަނީ އިންޑިއާ ސަރުކާރުން އޭނާއަށް އެއްްބަސްވުން ފޮނުވައިގެން އުޅޭހެން ކަމަށެވެ.
”އެވަރަކަށް ދޮގެއް ނުހެދޭނެ. އެވަރަކަށް އޮޅުވައެއް ނުލެވޭނެ. އަޅުގަނޑު ގޮވައިލަން އުމަރު ނަސީރަށް ފިޔަވަަޅު އަޅަން ޖެހޭނެ،“ އަހުމަދު ހަލީމް ވިދާޅުވި އެވެ.
އުމަރު އަބަދު ދައްކަނީ ދޮގު ވާހަކަ: ރޮޒެއިނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ